April 3, 2026
Advertisement
އިސްފަހާނުގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒު
އިސްފަހާނުގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒު / ސޯޝަލް މީޑިއާ

ހަނގުރާމަ ހުއްޓާލައިފައި ވާކަމަށް ބުނި ނަމަވެސް ހަމަލާތައް ވީ ވަރުގަދަ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 25, 2025, 11:35 PM
މާލެ ސިޓީ

އިރާން އާއި ސަހްޔޫނީންގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައިފައި ވާކަމަށް ބުނެފައި ވާތާ މާ ގިނައިރުތަކެއް ނުވަނީސް، ސަހްޔޫނީން އިން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

Advertisement

ދެގައުމުގެ ހަނގުރާމަ ހުއްޓާލައި ގިނައިރުތަކެއް ނުވަނީސް އިއްޔެ އެކަނިވެސް ސަހްޔޫނީން އިން ހަމަލާދީ ފަލަސްޠީނުގެ ރައްޔިތުންތަކެއް ޝަހީދުކޮށްލާފައިވެއެވެ.

ސަހްޔޫނީންގެ މިހާރުގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ މީހުން ބައިބޯ ހިސާބުތަކެވެ. އެގޮތުން ކާބޯތަކެތީގެ ސާމާނު ބަހާ ސަރަހައްދުތައް ހިމެނެއެވެ.

ބައިނަލްއަގުވާމީ އިދާރާތަކުންވެސް މި މައްސަލާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަހްޔޫނީންއިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެން މިދާ ހަމަލާތަަކަކީ ކަނޑައެޅިގެން ފަލަސްޠީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ގޮތުން ހިންގަމުންދާ ޖަރީމާއެއް ކަމަށް އެފަރާތްތަކުންވެސް ބުނަމުންދެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން އިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ އެތަކެއް މުސްލިމުން ޝަހީދުކޮށް އަދި އެތައްބަޔަކު ޒަހަމް ކޮށްލާފައިވާކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved