April 29, 2026
Advertisement
ކުކުޅު ފިހާރަ އިން ވިއްކާ ބޯވަދިލަމަސް ކޮންމެ ކޭހަކުން 100ރ. ހެޔޮކުރުން
ކުކުޅު ފިހާރަ އިން ވިއްކާ ބޯވަދިލަމަސް ކޮންމެ ކޭހަކުން 100ރ. ހެޔޮކުރުން / ފޭސްބުކް

ކުކުޅު ފިހާރަ: ބޯވަދިލަމަސް ކޭހަކުން 100ރ ހެޔޮކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 29, 2025, 05:44 PM
މާލެ ސިޓީ

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، އެ ފިހާރައިން ކުރިން 1،490ރ އަށް ވިއްކަމުން ދިޔަ ބޯވަދިލަމަހުގެ އެއް ކިލޯގެ 10 ޕެކެޓް ހިމެނޭ ކޭހަކުން 100ރ. ހެޔޮ ކުރުމާއެކު މިހާރު ކޭހެއް 1،390ރ. އަށް ލިބޭނެ ކަމަށެވެ.

Advertisement

ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ އަބަދުވެސް ޖީބަށް ލުއި ކޮލެޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނެމެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved