

ކައުންސިލް އިންތިހާބާއި ގުޅިގެން ޕީއެންއެފްއިން ކުރަމުން މިދާ ކެންޕެއިން ދަތުރު ތަކުން އަނެއްކާވެސް ރައްޔިތުންގެ ލޮލުގައި އަޅުވަން އުޅުއްވަނީ އާ އައިނެް ތޯ އައްސަވާ، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ނޫރުﷲ ސައީދު ސަރުކާރަށް ސުވާލެއް އަމާޒުކުރައްވައިފި އެވެ.
އާދިއްތަދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓްއޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެބޭފުޅާ ވިދާޅުވިީ އައްޑު އަތޮޅަކީ ބޮޑު ބިމެއް ލިބިފައިވާ އެތަކެއް އިންވެސްޓު ތަކެއް އެތަނެއްގައި ކުރެވޭނެ، އަދި ހަމައެހެންމެ ބޮޑެތި ޕްރޮޖެކްޓްތައް ފެއްޓޭނެ ފަދަ ބިމެއް ލިބިފައިވާ ތަނެއް ކަމަށެވެ. އެ އަތޮޅަކީ ބޮޑު ޕޮޕިއުލޭޝަނެއް އޮތް ރަށަކަށް ވީއިރު މި ރަށުގައި މިފަދަ ޕްރޮޖެކްޓް ނުފެށެންވީ ސަބަބަކީ ކޮބައިކަމާ މެދު ސުވާލު އުފެދޭ ކަމަށް އެބޭފުޅާ ވިދާޅުވެފައި ވެއެވެެ.
އެމްޑީޕީ ސަރުކާރަކުން ވެސް އައްޑުއަށް އަރާފައި ބުނަނީ އަށްޑޫ ތަރައްގީނުކޮށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ނަަމަވެސް މިތަރައްގީ ފެންނާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ނޫރު ވިދާާޅުވި އެވެ.
އައްޑޫ ރައްޔިތުން އަޅުގަނޑުމެންގެ އަބަދުވެސް ކޮންސާން އަކަށް ވެފަމިއޮންނަނީ އަޅުގަނޑުމެންނަށް ލިބެންޖެހޭ ވަޒީފާ ގެ ފުރުސަތުތައް، އެއްފަސްކޮށްފަ އޮތް ބޮޑު މާސިންގާ ތަނެއް ބޮޑުމާސިންގާ ޕޮޕިއު ލޭޝަނެއް އެބައޮތް އިންޑަސްޓްރީތައް ޑިވެލޮޕް ކުރެވެން އެބައޮތް، އަޅުގަނޑު މެން ނަކަށް ނޭގެ މިކަން ތައް ތައް ނުކުރެވިގެން މިއުޅޭ ރީޒަން އެއް
ނޫރު ވިދާޅުވީ މިފަދަ ބޮޑު ބިމެއްގައި އެތަކެއް ޕްރޮޖެކްޓްތައް ފެއްޓެވެން އޮތްނަމަވެސް މިހާރު މި އިވެމުންދަނީ ހަލާލް ޓުއަރިޒަމް އެއް ކުރުމަށް މިބިން ކަނޑައަޅާފައި ވާ ވާހަކައެވެ. ވީއިރު ހަލާލު ޓުއަރިޒަމް ގެ ކޮންސެޕްޓް އެއީ ދުނިޔޭގެ ކޮން ދިމާލަކުން ނެރެފައިވާ ކޮންސެޕްޓެއް ތޯ އެބޭފުޅާ ވަނީ ސުވާލު އުފައްދާފަ އެވެ.
ނޫރު ވިދާޅުވީ ޤައުމުގެ މިފަދަ ބޮޑެތި ނިންމުންތައް ނިންމަވަން ޖެހޭނީ ވަރަށްބޮޑަށް ޑޭޓާއަށް ބަލައިފައި ކަމަށެވެ. ވީއިރު އެއްވެސް އަރަބި ޤައުމަކުން މިފަދަ ކަންތަކެއް ކޮއްފައި ނުވާކަމަށް އެބޭފުޅާ ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުން މިޑޭޓާ ހޯއްދެވި ތަނަކާމެދު އެބޭފުޅާ ވަނީ ސުވާލު އުފައްދާފަ އެވެ.
މިފަދަ އެކްސްޕެރިމެންޓް ރާއްޖެ ހެދުމުގެ ނަތީޖާއަކަށް ވާނީ ކާބަފައިންގެ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުންއައި ވިޔަފާރި ހުއްޓުމަކަށް ގެނައުން ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.