theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނޫރުﷲ ސައީދު ނިއުސްޓޯކު ޕްރޮގްރާމުގައި / ތޭރަ އޮންލައިން
ސިޔާސީ
ހަންކެޑެ ޕްރޮޖެކްޓަށް ބަދަލު ގެނައުން ބަލައިނުގަނެވޭ، ރައްޔިތުންނާ އެމްޕީއިން ވެސް މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ: ނޫރު
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖުލައި 2025
މާލެ ސިޓީ

އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އައްޑޫގެ ރައްޔިތުންނާ ދާއިރާގެ މެމްބަރުންވެސް ތެދުވަން، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރާ ނޫރުﷲ ސައީދު ގޮވާލައްވައިފިއެވެ.

ޗެނަލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނޫރު ވިދާޅުވީ، ހަންކެޑެ މަޝްރޫއު ހުއްޓާލާ، އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ނިންމި ނިންމުން ބަލައި ނުގަނެވޭ ކަމަށެވެ. އައްޑޫއަކީ ޒަމާނުއްސުރެވެސް ޓުއަރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތްކުރި ގިނަ ބަޔަކު ތިބި ސަރަހައްދަކަށްވެފައި ދިވެހި ރާއްޖޭގެ ޓުއަރިޒަމްއަށް އައްޑޫގެ ރައްޔިތުން ވީ ގުރުބާނީ އެހެން ދާއިރާތަކުގެ ރައްޔިތުންނަށް ވުރެ ބޮޑުވާނެ ކަމަށް ނޫރު ވިދާޅުވިއެވެ.

ނޫރު ވިދާޅުވީ ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފަވާ މަޝްރޫއެއް ކަމަށާއި، ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ވަނީ ދައްކާފައިވާކަން ނޫރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން ނިންމީ ކުރީސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި، 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފްތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވި ކަމަށާއި، އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ސަރުކާރުން އިއުލާނުކޮށްފައިވާއިރު އައްޑޫއަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވާ ކަމަށާއި، އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވާއިރު، ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި، ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން އައްޑޫގެ ތަރައްގީއަށް މިކަމުން ހުރަސް އެޅޭނެ ކަމަށާ އެކަމާ ދެކޮޅަށް ދާއިރާތަކުގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލުކުރައްވާ ހުރިހާ މެމްބަރުންވެސް ތެދުވަން ޖެހޭ ކަމަށާ އަދި ކޮންމެ ފިކުރަކަށް ތާއީދުކުރި ނަމަވެސް މިކަމުގައި ސަރުކާރު ދިފާއުކުރަން ނުޖެހޭ ކަމަށް ވެސް ނޫރު ވަނީ ވިދާޅުވެފައެވެ.

ނޫރު މިފަދައިން ވިދާޅުވެފައިވާއިރު އައްޑޫގައި ހެންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއަށް ސަރުކާރުން ބަދަލު ގެނައުމާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންއާ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުވެސް ވަނީ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކާ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?