March 21, 2026
Advertisement
ނޫރުﷲ ސައީދު
ނޫރުﷲ ސައީދު / އިލެކްޝަންސް ކޮމިޝަން

އައްޑޫ ރައްޔިތުންނަށް ވީ ވަޒީފާގެ ވައުދު ފުއްދުވަން ކުރަންވީ ކޮންކަމެއް ތޯ: ނޫރު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 20, 2025, 11:16 PM
އައްޑޫ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން 5000 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވަން ވެވަޑައިގެންނެވި ވައުދުފުޅު ފުިރހަމަ ކުރުވަން އައްޑޫ ރައްޔިތުން ކުރަންވީ ކޮން ކަމެއް ތޯ އައްސަވާ، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ނޫރުﷲ ސައީދު ސަރުކާރަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ނޫރު ވަނީ ރައީސް އަބްދުﷲ ޔާމީން ވޮޑެމުލާ މައްސަލައިން މިނިވަންވެވަޑައިގެން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ދެވޭނެ ފަދަ 5000 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެކަމަށް ވިދާޅުވި ވިދާޅުވުން ހަނދާނަށް ގެންނަވާފައެވެ.

ނޫރު ވިދާޅުވީ އޭރު އެންމެންވެސް އުއްމީދު ކުރީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ނަމަވެސް، ކަން ދިމާކުރި ގޮތުން ވެރިކަމަށް ވަޑައިގެންނެވުނީ ޑރ މުއިއްޒަށް ކަމަށާ އެމަނިކުފާނުވެސް ވަނީ ހަމަ އެ ވައުދު އެގޮތަށް ފުއްދަވާނެކަމަށް އައްޑޫ ރައްޔިތުންނަށް ވިދާޅުވެފައި ކަމަށެވެ.

ނަމަވެސް އަދިވެސް އެ ވަޒީފާތަކުގެ ހިލަމެއް ނުވާކަން ފާހަގަކުރައްވާ ނޫރު ވަނީ އެހެންކަމުން އެ ވަޒީފާތަކުގެ ހިލަން ކުރުވަން އައްޑޫ ރައްޔިތުން ކުރަންވީ ކޮންކަމެއް ކަމާ މެދު ސުވާލު އުފައްދާފައެވެ.

ނޫރު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ގިނަ ވައުދުތައް ރައްޔިތުންނަށް ފުއްދާ ނުދެއްވާކަމުގެ ކަންބޮޑުވުމަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އޮތް ބޮޑު ޝަކުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved