March 21, 2026
Advertisement
ނޫރުﷲ ސައީދު
ނޫރުﷲ ސައީދު / ތޭރަ އޮންލައިން

ޤައުމު މިއޮތް ހާލަތުން ލޯނެއް ނުވަތަ އިންވެސްޓްމެންޓެއް ހިފައިގެން ބަޔަކު އައިސްދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ: ނޫރު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 15, 2025, 10:03 PM
މާލެ ސިޓީ

ޤައުމު މިއޮތް ހާލަތުން ލޯނެއް ނުވަތަ އިންވެސްޓްމެންޓެއް ހިފައިގެން މިޤައުމަށް ބަަޔަކު އައިސްދާނެ ކަމަކަށް ޤަބޫލު ނުކުރެވޭ ކަމުގައި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރާ ނޫރުﷲ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާވިދާޅުވީ ޤައުމުމިއޮތް ހާލަތަށް ބަލާ ޤައުމުގެ މޫޑިސް ރޭޓާއި ފިޗްރޭޓިން މިހާދަށް އިރު އިތުރު އިންވެސްޓްމެންޓެއް ނުވަތަ ލޯނެއް ހިފައިގެން ބަޔަކު މިޤައުމަށް އައިސް ދާނެ ކަމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ނޫރު ވިދާޅުވަނީ ލޯނެއް މީހަކަށް ދޭނަމަ އެލޯން އަނަބުރާ ދެއްކޭނެ ފަދަ ޤާބިލިކަމެއް ހުރިތޯ ކަށަވަރު ކުރާނެ ކަމަށެވެ. ވީއިރު ޤައުމުގެ އިޤްތިސޯދު އޮތީވެސް ލޯނެއް ދެއްކޭނެ ހާލަތަށް ވުރެމާ ދަށް ކޮށް ކަމުގައެވެ.

ނޫރުވިދާޅުވީ ދިވެހިސަރުކާރުން މިވަގުތު އެންމެ ބޮޑަށް ދަރަނި ވެރި ވެފައި މިއޮތީ އިންޑިޔާ އާއި ޗައިނާ އަށް ކަމަށެވެ. ވީއިރު އެ ދަރަނި ނުދެއްކިގެން އިތުރު މުހުލަތެއް ވެސް ސަރުކާރުން ވަނީ ހޯދާފައި ކަމަށެވެ.

އަޅުގަނޑުމެން އޯލްރެޑީ އަޅުގަނޑުމެން ނަގާފައޮތް ދަރަނިތައް އިންޑިޔާއަށާއި ޗައިނާ އަށް އަޅުގަނޑުމެންގެ ދަރަނިީގެ އެންމެ ބޮޑު ޗަންކް މިއޮތީ! އެނުދެއްކިގެން އަޅުގަނޑުމެން އޭތި މިހާރު އެއޮތީ އެކްސްޓެންޝަން އެއް ހޯދާފަ ޑިލޭވެސް ހޯދާފަ ނޫންތޯ މިހާރު މާދަންވެސް އެބޭފުޅުން އޭތި ހޯދަން ހިފައިފިއްޔާ ކިހިނެއް ތޯވާނީ އަޅުގަނޑުމެން ބެންކްރަޕްސީ އަކަށް ނޫން ތޯ ދާނީ އެހާލަތުގައި އޮންނަ ބަޔަކަށް ކާކުތޯ ލޯނު ދޭނީ

ނޫރު

ނޫރު ވިދާޅުވީ ކަނަޑައެޅިގެން ލޯނު ނުދެއްކޭނެ ކަން އެގިހުރެ ލޯނެއް ނުލިބޭނެކަމަށެވެ. ޤައުމު މިއަދު އޮތް ހާލަތުން އެއީ ކަނަޑައެޅިގެން ނުވާނެ ކަމެއް ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved