March 21, 2026
Advertisement
ނޫރުﷲ ސައީދު ނިއުސްޓޯކު ޕްރޮގްރާމުގައި
ނޫރުﷲ ސައީދު ނިއުސްޓޯކު ޕްރޮގްރާމުގައި / ތޭރަ އޮންލައިން

އައްޑޫ ރައްޔިތުން ވެފައިވަނީ އަބަދުވެސް ލެބްރެޓުންނަށް: ނޫރު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 2, 2025, 11:20 PM
މާލެ ސިޓީ

އައްޑޫ ރައްޔިތުން ވެފައިވަނީ އަބަދުވެސް ސަރުކާރުތަކުގެ ލެބްރެޓުންނަށް ކަމުގައި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރާ ނޫރުﷲ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އައްޑޫގައި ތަރައްޤީ ކުރަން ސަރުކާރުން އުޅުއްވާ ހަލާލު ޓުއަރިޒަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ނޫރު ވިދާޅުވީ، ސަރުކާރުން އައްޑޫ ރައްޔިތުން ދެކެމުންދަނީ، ސައިންޓިސްޓުން އެކި ކަހަލަ އެކްސްޕެރިމެންޓްތައް ހަަދަން ލެބޯޓްރީތަކުގައި ގެންގުޅޭ މީދާ ތަކެއް ގޮތުގައި ކަމަށެވެ. ސަބަބަކީ ކޮންމެ ވެރިކަމެއްގައިވެސް އެންމެ ފުރަތަމަ ނުފޫޒު ފޯރުވަނީ އައްޑޫއަށް ކަމުގައި ވާތީއެވެ.

ނޫރު ވިދާޅުވީ ދިވެހިރާއްޖޭގައި މާކުރިންވެސް ހަލާލު ޓުއަރިޒަމް އޮތް ކަމަށެވެ. ދިވެހިރާއްޖެއަކީ މުސްލިމް ޤައުމަކަށް ވާއިރު ރާއްޖޭގެ މާކެޓުގައި ހަލާލުު ނޫން އެއްޗެއް އެއްވެސް އިރަކު ނުވިއްކޭނެ ކަންވެސް ނޫރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހަލާލް ޓުއަރިޒަމް އޯލްރެޑީ އެބައޮތެއް ނޫންތޯ، އަޅުގަނޑުމެންނަކީ މީ މުސްލިމްޤައުމެއް އެހެންނޫތޯ؟ އަޅުގަނޑުމެން ގެ ސުޕަމާކެޓެއްގަ އެއް ނުވިއްކޭނެ ހަލާލު ނޫން އެއްޗެއް އެހެންވީމަ އަޅުގަނަޑުމެން ލޯކަލް ޓުއަރިޒަމް ހުރި ހުރިހާތަނެއްގަ އެހުރީ ހަލާލް ޓުއަރިޒަމް، ރަލެއް ނުވިއްކޭނެ، އޫރު މަހެއް ނުވިއްކޭނެ، އަދި އެހެން އެއްވެސް ހަލާލު ނޫން އެއްޗެއް އެތާކު ނުވިއްކޭނެ!

ނޫރު

ނޫރު ވިދާޅުވީ މެލޭޝިޔާ ފަދަ ޤައުމުތަކުގައި ހަލާލު ޓުއަރިޒަމް އޮތް ލެވަލް ނުވަތަ އެއަށް ވުރެވެސް ރަނގަޅަށް ދިވެހިރާއްޖޭގައި ހަލާލް ޓުއަރިޒަމް އޮތް ކަމުގައެވެ.

އެބޭފުޅާ ވިދާޅުވީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެހެން ތަންތާ އޮންނަ ޓުއަރިޒަމްވެސް ދެމެހެއްޓެނިވި ގޮތެއްގައި އައްޑޫގައި ކުރިއަށް ނުގެންދެވެނިކޮށް އަނެއްކާވެސް އިތުރު އެކްސްޕެރިމެންޓެއް އެތަނުގައި ހަދާ މައްސަލަ ކަމަށެވެ.

ނޫރު ވިދާޅުވީ އައްޑުއަކީ އެއްފަސް ކޮށް އޮތް، ވަރުގަދަ ޕޮޕިއުލޭޝަނެއް އެތަނެއްގައި އޮތް ތަނަކަށް ވީއިރު އާމްދަނީ ހޯދޭނެ ގިނަ ގޮތްތަކެއް އެތަނުގައި ބޭނުން ވާނެ ކަމަށެވެ. ވީއިރު ހަންކެޑެ އަކީ އައްޑޫގެ އިގްތިސާދު ރަނގަޅުކުރުމަށް އެއަތޮޅުގެ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމުގައި ނޫރު ވިދާޅުވިއެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved