March 18, 2026
Advertisement
އިމިގްރޭޝަނުން ހޯދަން އިއުލާންކުރި މީހާ: އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ގުޅައިގެން ހިއްސާކުރުމަށް އެދިފައިވޭ
އިމިގްރޭޝަނުން ހޯދަން އިއުލާންކުރި މީހާ: އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ގުޅައިގެން ހިއްސާކުރުމަށް އެދިފައިވޭ / އިމިގްރޭޝަން

އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އަންހެނަކު ހޯދަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 1, 2025, 04:56 PM
މާލެ ސިޓީ

ބިދޭސީ އަންހެނަކު އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އިމިގްރޭޝަނުން ނޯޓިހެއް ނެރެފި އެވެ.

Advertisement

އިމިގްރޭޝަނުން ހޯދަނީ އުމުރުން 35 އަހަރުގެ ލައުރާ މާސިޑީޒް ގުއެރާ އެސްކުޑެރޯ އެވެ.

އިމިގްރޭޝަނުން ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާއަށް ހާޒިރުވާން އަންގައިފަ އެވެ.

އެހެންނަމަވެސް އެއީ ކޮން މައްސަލައެއްގައި ހޯދާ މީހެއް ކަމެއް ސާފެއް ނޫނެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ކަމަށް ފާހަގަވާ މީހުން ހިފަހައްޓައި، މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބައެވެ.

އެ މީހުންނަށް ގަވައިދާ އެއްގޮތަށް އުޅުމުގެ ފުރުސަތު ނުވަތަ އެނބުރި ގައުމަށް ދިޔުން އިޚުތިޔާރު ކުރުމުގެ ފުރުސަތު ދޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved