April 16, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރުކުރިކަން އެނގި ތިބެ އީސީއިން ޕީއެންސީއަށް ފައިސާ ދޫކުރުމުން މަލީހުގެ ނުރުހުން!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 3, 2025, 11:34 PM
މާލެ ސިޓީ

ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރުކުރިކަން އެނގި ތިބެ އިލެކްޝަން ކޮމިޝަންއިން ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ފައިސާ ދޫކުރުމުން ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

Advertisement

ޕީއެންސީއިން ވަގު ފޯމު ހުށަހެޅިކަން ސާބިތުވެފައިވާތީ ފުލުހުން އެކަން އީސީއަށް އެންގުމުން އީސީއިން ވަނީ އެ ޕާޓީ 5000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިކަމަށް އިޝާރާތްކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވަގު ފޯމު ހުށަހެޅިކަން އެނގި ތިބެ ވެސް ޕީއެންސީއަށް 13 މިލިއަން ރުފިޔާ އީސީއިން ދޫކުރުމަސް ފަހު އެންމެ 5000 ރުފިޔާއިން ޖޫރިމަނާ ކުރީ ކޮންކަމެއް އޮޅުވާލަން ކަމާ މެދު ސުވާލު އުފައްދާފައެވެ.

މަލީހު ވިދާޅުވީ ޕީއެންސީއަށް ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އީސީއިން ދުކުރި ފައިސާއަކީ ދޫކުރަން ނުޖެހޭނެ ފައިސާއެއް ކަމަށާ ޕީއެންސީއިން ވަގު ފޯމު ހުށަހެޅި މައްސަލަ ބަލާ ދީފައިވާ ފައިސާ އެއްކޮށް އަނބުރާ ދައުލަތަށް ނަގަން ޖެހޭ ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު އިތުރަށް ވިދާޅުވީ، ޑާޓާ އިން ވައްކަން ކުރި މީހުންގެ މައްޗަށް ބޮޑެތި ހުކުމްތައް އަންނާނެ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އަދިވެސް ޕީއެންސީ ނަމްބަރުތަކުން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ނަމަވެސް އެ ޕާޓީ އެ ގޮތުގައި އޮތީ ވަގު ފޯމު ފުރައިގެން މެމްބަރުން ވައްދައިގެން މީގެ ކުރިން ހާމަވެފައިވެއެވެ.

ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އެ ޕާޓީގެ މެމްބާރޝިޕް ފޯމްތައް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ ޑީއެންއާރްގެ އޮފީސް ތެރޭގައެވެ.

ޕީއެންސީއަށާ ސަރުކާރަށް އޮތް ތާއީދު މަޑު މަޑުން ފަޑުވަމުން ގޮސް ޕިއެންސީ ހަރުގެ ޖަލްސާތަކަށްވެސް މީހުން ގެންދަނީ ސިޔާސީ މުވައްޒަފުންނަށް މަޖްބޫރުކޮށްގެންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved