theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ގާނޫނީ ނިޒާމާ ދުސްތޫރީ ނިޒާމު ފުނޑާލުމުގެ ޒިންމާ އުފުލަން ޖެހޭ މީހެއް މުއުތަސިމްއަކީ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
03 ޖުލައި 2025
މާލެ ސިޓީ

ދިވެހިރާއްޖޭގައި އޮތް ދުސްތޫރީ ނިޒާމާ ގާނޫނީ ނިޒާމު މުގުރާލާފައިވާ ކަމަށާ އެ ނިޒާމުތައް ފުނޑަލުމުގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އުއްތަމަ ފަނޑިޔާރުކަމުގައި ހުރެގެން ސުޕްރީމު ކޯޓުގެ ސިއްރުތައް ރައީސް ޑރ މުހައްމަދު މުއިއްޒާ ހަމައަށް ގެންގޮސް ދިން މުއުތަސިމް އަދުނާނު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމު ކޯޓަށް ގާނޫނީ ވަކީލު އަލީ ހުސެއިން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ނިންމުމާ އެކު އެ މައްސަލައިގައި ސަރުކާރަށް ވިން ނުވާ ގޮތަށް ހުކުމް ކުރަން އޮތްކަން ރައީސް މުއިއްޒާ ހަމައަށް ފޯރުކޮށްދިނީ ސުޕްރީމު ކޯޓު ތެރެއިން ކަމަށާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ހެން ހުކުމް ކުރުމުން ކަމުގައި ގޮސްފައި އޮތް ބެންޗު ރައީސް މުއިއްޒަށް ކަމު ނުދިޔައީ އެހިސާބުން ކަމަށެވެ.

އެއާއެކު ރައީސް މުއިއްޒު ކުއްލިއަކަށް ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުން ވަކިކުރަން ބޭނުންވެ ސުލޫކީ މައްސަލަތައް ފެންމަތިކޮށް ފިޔަވަޅު ޖޭއެސްސީ މެދުވެރިކޮށް އެޅުއްވެވީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ސުޕްރީމު ކޯޓުގެ ބްނޗުގެ ނިންމުން ރައީސް މުއިއްޒުއާ ހަމައަށް ގެންގޮސްދެއްވީ އުއްތަމަ ފަނޑިޔާރު ކަމަށާ މިހާރު ރިޓަޔަމަންޓު ޕެކޭޛަށްވެސް ބޮޑު އިނާމެއް ލިބެން މަގު ފަހިކުރަން އުޅެނީ ބަދަލެއްގެ ގޮތުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަމަވެސް މުޅި ސުޕްރީމު ކޯޓު ޕެރަލައިޒުކޮށް ދުސްތުރީ މައްސަލައެއް ނުބެލޭނެހެން ކޯޓުގެ ބާރު ކަނޑުވާލުމަށް ފަހު މުއުތަސިމް ހަނު ހުންނެވި ކަމަށާ ގައުމުގެ ގާނޫނީ ނިޒާމާ ދުސްތޫރީ ނިޒާމު ފުނޑާލުމުގެ ޒިންމާ އުފުލަން ޖެހޭ މީހެއް މުއުތަސިމްއަކީ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގާނޫނު ބޭނުން ކުރަނީ ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވީމަ ޖަހާލާ ލަޓިގަނޑެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved