March 26, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރެފަރެންޑަމް ހުއްޓުވައިދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

Yana Shareef
ޔާނާ ޝަރީފް
Mar 26, 2026, 02:44 PM

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ހުއްޓުވުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައި، ދެން އޮންނާނީ ހުކުމް ކުރުންކަން އިއުލާނުކޮށްފިއެވެ.

Advertisement

ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ މި މައްސަލަ ހުށަހެޅީ އަންނަ އެޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ވޯޓުގައި އަހާ ސުވާލު ސާފުނޫން ކަމަށާއި، މަޖިލީހުގެ ދައުރުގެ މުއްދަތުން ހަ މަސް އުނިވާކަން ސުވާލުން އެނގެން ނެތުމުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ބުނެއެވެ.

ނަމަވެސް ދައުލަތުން ވަނީ ސުވާލު ފަރުމާކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރެއް ކަމަށާއި، އެއީ މުޅި ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ކުރާ ސުވާލެއް ކަމަށް ބުނެ ދިފާއުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގެ ހުކުމް އިއްވާނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved