

ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކަށް ދިވެހި ސަރުކާރުން ޓެރިފު ބޮޑުކުރީ މޯދީ ރުއްސަންވެގެން ކަމަށް ޕީއެންއެފުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައެވެ.
ވައްޑެ ވަނީ، މި ސަރުކާރުގެ ވެރިންނަނީ ކުރި ސަރުކާރުގައި އިންޑިއާ އައުޓު ކިޔަމުން ގެންދިޔަ ބައެއް ކަން ފާހަގަކުރައްވާ ނަމަވެސް ވެރިކަމަށް އެ ބޭފުޅުން ވަޑައިގެންނެވުމަށް ފަހު ކުރިން ބުނި އެތި ފައިސާގެ ދަހިވެތިކަމުގައި ކެންސަލު ކުރުމަށް ފަހު މިހާރު އަނެއްކާ މޯދީ ރުއްސަން ކަންތައްގަނޑެއް ހިނގަމުން ގެންދާ ކަމަށް ވެސް ވައްޑެ ތުހުމަތު ކުރެއްވިއެވެ.
އެގޮތުން ވައްޑެ ވަނީ ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކަށް ޓެރިފު ބޮޑުކުރީ، މިނިވަން ދުވަހާ ދިމާކޮށް މޯދީ ރާއްޖެ ވަޑައިގަންނަވާއިރު އޭނާ ރުއްސަންވެގެން ކަމަށް ތުހުމަތުކޮށްފައެވެ.
މުއިއްޒުގެ ބެކްގްރައުންޑުގައި އޮންނަ އޮންނާނެ ޗެޕްޓަރއެއް އިންޑިއާ އައުޓުކިޔާފައި އިންޑިއާ އައުޓު ކެމްޕެއިން، އެންމެ އަރިހުގައި ތިއްބެވި ބޭބޭފުޅުން ލައްވާ ޕްރޮމޯޓުކޮށްފައި އަނެއްކާ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވަޑައިގެންނެވި ގޮތަށް ވީ މޭބީ ސްމޯލްއޭ ކިޔާފައި އިޓް ޑަޒްންޓު ގިވް ޔޫ ދަ ލައިސަންސު ޓު ބުލީ އަސް ކިޔާފައި އެހިސާބުން ކުއްލިއަކަަށް ޕައިސާ ދޭދޯ ޕައިސާ ދޭދޯ ކިޔާފައި ވަޑައިގެން ވާހަކައާ މިހާރު އިންޑިއާ އިން ކުރަންވެގެން މޯދި ވަޑައިގަންނަވާތީ، ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކުގެ ޓެރިފު 30 ޕަސެންޓަށް ބޮޑުކުރި ވާހަކަ އަކީ ބެކްގްރައުންޑޫ ޗެކަށް އަންނާނެ ކަންކަން.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު، ބީއެމްއެލުން ވަނީ އީ-ކޮމާސް ޕްލެޓު ފޯމުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓު ބޭންކަށް ދައްކަން ޖެހޭ ގޮތަށް ނިންމާފައެވެ. ނަމަވެސް އީ-ކޮމާސް ޕްލެޓުފޮޟުތައް ތައާރަފުކޮށް އަތް ފޯރާ ހިސާބަށް ތަކެތީގެ އަގުތައް ގެނެސްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.