theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިޝާން / ސޯޝަލް މީޑިއާ
ހަބަރު
ސިނގަރޭޓު އެތެރެކުރި ޚަބަރެއް ޝާއިއުކުރުމުން ރުޅިގަދަވެ އިންޒާރު ދީފި
06 ޖުލައި 2025
މާލެ ސިޓީ

ރާއްޖެއަށް ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެ ކުރަން ބަޔަކު އުޅުނުކަން ރިޕޯޓުކުރުމުން އިންޒާރު ދީފިއެވެ.

މިފަދަ އިންޒާރެއް ދިފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު އިޝާން މިސްމީޑިޔާގައި ކުޅެފައިވާ ވީޑިއޯއެއްގައެވެ.

އެގޮތުން އިޝާން ވަނީ ޗެނަލް13ގެ ނޫސްވެރިންނަކީ މީޑިޔާ ގަވާއިދުތަކާ ބީރައްޓެހި ބައެއް ކަމަށާ އެފަދަ ޚަބަރެއް ޝާއިއުކޮށްފައިވަނީ ސިޔާސީ ބަދަލު ހިފުމެއްގެ ތެރެއިން ކަމަށް ބުނެފައެވެ. ނަމަވެސް ޗެނަލް13 އިން އިޝާންގެ ފަރާތުން ސިޔާސީ ބަދަލު ހިފުމެއް ހިފަން ޖެހޭ ވަރު އޮތީ ކޮންކަމެއްކަން އިޝާންއަށް ބުނެދެވިފައިނުވެއެވެ.

އިޝާން ކުޅެފައިވާ ވީޑިއޯގައި ވަނީ ޗެނަލް13 އިން ޚަބަރު ގެނެސްދެނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި އިޝާން ވަނީ އެ ޚަބަރު ޝާއިއު ކުރީތީ ބަދަލުހޯދާނެ ކަމަށް އިންޒާރުދީފައެވެ. މިއީ އިޝާން މިފަދައިން އިންޒާރުދިން ދެވަނަ ފަހަރެވެ.

އިޝާން އައި ފްލައިޓުން ސިނގިރޭޓު އެތެރެކުރިކަން ކަސްޓަމްސްއިން ހާމަކުރި މައުލޫމާތުން އެނގެން އޮތުމުން އެ ޚަބަރު ތޭރަ އޮންލައިންގައި ޝާއިއު ކުރުމުން އިޝާން ރުޅިގަަދަވެ ޗެނަލް 13އަށްއިންޒާރު ދިން ނަމަވެސް އެ ސިނގިރޭޓު އެތެރެކުރަން މަސައްކަތްކުރި ދެމީހުންގެ ތެރެއިން އެކަކަކީ އިޝާންކަން ވަނީ ޔަގީންވެފައެވެ.

އެގޮތުން މެއި މަހުގެ 30 ވަނަ ދުވަހު ޝަންހާއި އިން ރާއްޖެއަށް އައި އެމްޔޫ235 ފްލައިޓުން އައި ޕަސިންޖަރުންތަކެއް އަތުން ސިނގަރޭޓުތަކެއް ހިފަަހައްޓާފައިވާއިރު އެއީ އިޝާންއާ އަދި ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމް އަތުން ހިފެހެއްޓި ސިނގިރޭޓުކަމަށް ބުނަން ގާނޫނުން ތަން ނުދޭ ކަމަށާ އަދި އެމީހުން ނޫން ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިޝާން އާ ޝައުފާ އެތެރެ ކުރަން މަސައްކަތްކުރީ 600 ސިނގަރޭޓު ސްޓިކު (3 ކާޓޫން)އެވެ. ޝައިހާއީން އައި ފްލައިޓުން އެތެރެ ކުރަން އުޅުނު ސިނގަރޭޓޫ ހުރީ ލޭބަލް ނުބައިކޮށް ޖަހާފައި ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިޝާންއާ ޝައުފާ އެއާޕޯޓުގެ ރިމާންޑަސްވެސް މި މައްސަލައިގައި ލިއެވެ. ނަމަވެސް ސީދާ ރައީސް އޮފީހުގެ އެންގުމަށް އެ ދެމީހުން ދޫކޮށްލަން މަޖްބޫރުވީއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގަރޭޓު އެތެރެކުރަން ވެރިކަން ކުރާ ޕާޓީގެ ދެ ކައުންސިލަރަކު އުޅޭފައިވާއިރު، މި ދެ ކައުންސިލަރުން ވެސް ދަތުރުކުރީ ރަސްމީ ދަތުރެއްގައި އޮފިޝަލް ޕާސްޕޯޓުގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved