May 1, 2026
Advertisement
ނ. މާފަރު: ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް އިއްޔެ ވަނީ ކަނޑައަޅުއްވާފައި.
ނ. މާފަރު: ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް އިއްޔެ ވަނީ ކަނޑައަޅުއްވާފައި. / ގޫގްލް މެޕްސް

ވައުދާއި ހިލާފުވެ، މާފަރުގެ އިހްތިސާސުން ފަރުމުލި ވަކިކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 7, 2025, 04:27 PM
މާލެ ސިޓީ

ނ. މާފަރުގެ ބައެއްގެ ގޮތުގައި މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ފަރުމުއްޔަކީ އެ ރަށުގެ ބައެއް ނޫން ކަމަށް މިއަދު ކަނޑައަޅުއްވައިފި އެވެ.

Advertisement

މާފަރުގެ އިހުތިސާސްއިން ފަރުމުލި ވަކިކޮށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގައި އެ ރަށް ހަމަޖެއްސެވީ ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަަމަށް އަނެއްކާ ވެސް ކަނޑައެޅިއިރު ފަރުމުލި އާއި ކަނޑިންމާހުރާ ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކި ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ތެރޭގައި ނިންމި އެވެ. ފަރުމުލި މާފަރުގެ އިހުތިސޯސްގައި ހިމެނީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދަވައި މިދިޔަ އަހަރުގެ އޭޕްރިލް 15 ގައި ރައީސް މުއިއްޒު ވަނީ ކަނޑިންމާހުރާ އާއި ފަރުމުއްޔަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ. ނަމަވެސް އިއްޔެ އެ ނިންމެވުން ބަދަލު ކުރައްވައި މާފަރުގެ އިހުތިސާސްއިން ފަރުމުލި ވަކިކުރީ ޓޫރިޒަމްގެ ބޭނުމަށް އެ ރަށް ތަރައްގީކުރަން ނުވަތަ ރިސޯޓެއް ހަދަން ސަރުކާރުން ނިންމުމުންނެވެ.

ނަމަވެސް މާފަރު ކައުންސިލުގެ ނައިބު ރައީސް، މުހައްމަދު އާމިރު ވިދާޅުވީ ނ. މާފަރު ފަޅުތެރޭގައި އޮތް ފަރުމުލި އެ ރަށުގެ އިހުތިސާސުން އުނިކުރުމަކީ މާފަރު ރައްޔިތުން ބޭނުންވި ގޮތް ނޫން ކަމަށާއި، އަދި ފަރުމުލީގައި ރިސޯޓެއް ހަދަން ކުރި އިއުލާނަކީ ސްކޭމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved