March 27, 2026
Advertisement
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް: އޭނާ ވަނީ ރަށްރަށުގެ ރައްޔިތުން ނިކަމެތި ހާލެއްގައި އުޅެމުންދާކަން ފާހަގަކުރައްވައި، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައި --
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް: އޭނާ ވަނީ ރަށްރަށުގެ ރައްޔިތުން ނިކަމެތި ހާލެއްގައި އުޅެމުންދާކަން ފާހަގަކުރައްވައި، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައި -- / -

ރަށްފުށުގެ ބޭސްފިހާރަތަކުގައި ބޭހެއް ނެތް: އައްބާސް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 7, 2025, 06:09 PM
މާލެ ސިޓީ

ސަރުކާރުގެ ކުންފުނިތައް ފައިދާގައި ހިނގަމުން އަންނައިރު ރަށްރަށުގެ ރައްޔިތުން މިއަދު ތިބީ ނިކަމެތި ހާލަތެއްގައި ކަމަށާއި ގިނަ ސިއްހީ މަރުކަޒު ތަކުގެ ފާމަސީ ތަކުގައި ބޭސް ލިބެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އެކި ސްކީމުތަކުގެ ދަށުން ދޫކުރި ގޯއްޗާއި ފުލެޓުތައް ލިބިފައިވާ ފަރާތްތަކަށް އެތަންތަން ހަވާލުކުރުން ކަމަށެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ, ސަރުކާރުގެ ކުންފުނިތައް ފައިދާގައި ހިނގަމުން އަންނައިރު ރަށްރަށުގެ ރައްޔިތުން މިއަދު ތިބީ ނިކަމެތި ހާލަތެއްގައި ކަމަށެވެ.

ރަށްފުށުގެ ސިއްހީ މަރުކަޒުތަކުގައި މިއަދު ވެސް ބޭސްފިހާރަތަކުގައި ބޭހެއް ނެތް، ސިއްހީ މަރުކަޒުގައި އެކަށީގެންވާ ވަރަކަށް މުވައްޒަފުންނެއް ވަސީލަތެއް ނެތް، ސްކޫލުތަކުގައި އެކަށީގެންވާ ވަސީލަތެއް ނެތް، އެތާ މަސައްކަތްކުރާ މުދައްރިސުންނަށް ރަނގަޅު އިނާޔަތަކާއި އާމްދަނީއެއް ނުލިބޭ،

އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު ނެރުނު ރިޕޯޓަށް ބަހުސްކުރައްވަމުން އައްބާސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ހިއްކަންވީ ފުށިދިއްގަރު ފަޅެއް ނޫން ކަމަށާއި މިއަދު ރަށްރަށާއި މާލޭގައި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު އަޅަދިދޭންވީ ކަމަށާއި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ހަވާލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން ނުފުއްދި ދެ އަހަރު ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved