March 27, 2026
Advertisement
ނާޒިމް
ނާޒިމް / -

ނާޒިމްގެ ނުފޫޒުން ވިފާގުގެ މައްސަލަ އޮއްބާލީތަ؟

Jul 11, 2025, 06:11 AM
މާލެ ސިޓީ

މާލޭގެ ގެއެއްގެ ބެލްކަންޏަކުން ވެއްޓީ ނިޔާވި ޒުވާނާ، ވިފާގު އިބްރާހިމު އަދުނާނުގެ މަރުގެ މައްސަލައިގެ ތަހުގީގު އޮތް ހިސާބަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ފުލުހުންގެ ޖަވާބެއް ނުލިބުނެވެ.

Advertisement

ވިފާގުގެ މަރުގެ ހާދިސާއަށް އަހަރަކާ ގާތްވެފައިވާއިރު އެ މައްސަލައިގައި މައުލޫމާތު ދިނުމަށް ފުލުހުން ބާއްވާފައިވަނީ އެންމެ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އަދި ވިފާގުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ވަކިން ފުލުހުންގެ މީޑިޔާއަށް ފޮނުވާ އެއްވެސް މެސެޖެކަށް ފުލުހުންގެ ފަރާތުން ޖަވާބެއް ލިބިފައިވެސް ނުވެއެވެ.

މިދިޔަ ސެޕްޓެމްބަރު 14، ގައި ހަސޯވާ ބިލްޑިންގުން ވެއްޓި ނިޔާވި ވިފާގުގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތަފާތު ތުހުމަތުތަކެއް ވިފާގުގެ ދޮން ބައްޕަ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުއަށް ކޮށްފައިވެއެވެ. އެގޮތުން ނާޒިމުގެ ފަރާތުން ވިފާގުއަށް ޖިންސީ އަނިޔާ ލިބެމުންދާ ކަމަށާ އެކަމާ ވިފާގު ނަފްސަނީވެ ދިގު މުއްދަތަކަށް ބޭސްކުރަމުން ގެންދިޔަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަންކަމާ ގުޅިގެން ވެސް ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވަކި ޖަވާބެއް ދީފައިނުވާއިރު، ވިފާގުގެ މައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ތަފާތު އެކި ފަހަރު މަތިން، ވިފާގުގެ މައްސަލަ ފުލުހުން ޕާކުކޮށްފައި އޮންނަ އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، ފުލުހުން އެ މައްސަލަ ނުބަލާ ސަބަބު ހޯދާ އޮޅުން ފިލުވާ ދޮން ދަރިއަށް އިންސާފު ހޯދައިދޭން، ޒިންމާދާރު ދޮން ބައްޕައެއްގެ ހައިސިއްޔަތުން، ނާޒިމު މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ނާޒިމު އެކަން ކުރިއަށް ނުގެންދާ ސަބަބާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނާޒިމްގެ ފަރާތުން ވިފާގުއަށް ޖިންސީ އަނިޔާ ލިބެމުންދިޔަ ކަމަށް ރިޕޯޓުކުރުމުން ނާޒިމު އެކަން ދޮގުކުރައްވާފައިވެސް ނުވެއެވެ. އެހެންކަމުން ވިފާގު ބެލްކަނިން ވެއްޓި ނިޔާވި ހާދިސާގެ މައްސަލަ ދިވެހި ފުލުހުން ނުބަލަނީ ނާޒިމުގެ ސިޔާސީ ނުފޫޒުން ކަމަށް ބެލެމުގެ ފުރުސަތު އެބައޮތެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރަނީ ވެސް އެފަދައިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved