May 1, 2026
Advertisement
ނައިބު ރައީސް
ނައިބު ރައީސް / ރައީސް އޮފިސް

ނައިބުރައީސް ޗައިނާ ދަތުރުފުޅުގެ ހަބަރުތައް ރައީސް އޮފީންހުން ނުގެނެސްދެނީ ތަ..؟

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 11, 2025, 05:26 PM
މާލެ ސިޓީ

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު މިހާރު ޗައިނާއަށް ކުރައްވާ ދަތުރުގެ އެއްވެސް ހަބަރެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސައިޓުގައި ނެތުމުން ގިނަ ބަޔަކު އެވާހަ ދައްކަން ފަށައިފި އެވެ.

Advertisement

ނައިބު ރައީސް ޗައިނާ އަށް ފުރާވަޑައިގެންނެވީ މި މަހުގެ 8 ވަނަަ ދުވަހު އެވެ. މި ދަތުރުފުޅަކީ ނިޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމް ކުރިއަށްދާނީ ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގަ އެވެ. ނައިބު ރައީސް ވަނީ މި ފޯރަމްގައި ތަގުރީރު ވެސް ކުރައްވާފައި އެވެ.

ނަމަވެސް މި ދަތުރުގެ އެއް ވެސް ހަބަރެއް ރައީސް އޮފީހުގެ ސައިޓުން ނުދައްކަ އެވެ. އަދި ނައިބު ރައީސް ޗައިނާ އަށް ފުރާވަޑައިގެންނެވި ހަބަރުވެސް ކަވަރުކޮށްފަ އެއް ނުވެ އެވެ.

އެންމެ ފަހުން ރައީސް އޮފީހުގެ ސައިޓުން ފެންނަން އިން ނައިބު ރައީސްގެ ހަބަރަކީ އެމަނިކުފާނު އެންމެފަހުން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންނެވި ހަބަރެވެ.

ނައިބު ރައީސްގެ ހަބަރުތައް ރައީސް އޮފީހުގެ ސައިޓުން ގެއްލުނު ނަމަވެސް އެހެން ހުރިހާ ރައީސް އޮފީހާއި ގުޅުންހުރި ބޭފުޅުންގެ ހަބަރުތައް މިއަދު ވެސް އަންނަނީ ގެނެސްދެމުން ނެވެ.

ސުވާލަކީ ނައިބުރައީސް ޗައިނާ ދަތުރުފުޅުގެ ހަބަރުތައް ރައީސް އޮފީންހުން ނުގެނެސްދެނީ ހެއްޔެވެ. މިކަމާއި އެ އޮފީހުން އަދި ވާހަކަ އެއް ނުދައްކަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved