March 1, 2026
Advertisement
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި ވާހަަކަފުޅު ދައްކަވަނީ
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި ވާހަަކަފުޅު ދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

މި ހާލަތަށް ގައުމު ވައްޓާލީ ޑރ. މުއިއްޒެއް ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 23, 2024, 04:23 AM
މާލެ ސިޓީ

ގައުމުގެ އިގްތިސޯދީ ހާލަތު ގޯސްވެ ގައުމު އިނދަ ޖެހިފައި އޮތް އޮތުމުގެ ޒިންމާ ނުވަތަ މި ހާލަތަށް ގައުމު ވައްޓާލާފައިވަނި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ މިއަދު ހާލަތަކީ ފާއިތުވެ ދިޔަ ފަސް އަހަރު އެމްޑީޕީއިން ގައުމުގެ އިގްތިސޯދާ މެދު ވީ އިހުމާލުގެ ނަތީޖާ ކަމަށާ އެކަންކަން ރައީސް މުއިއްޒުއާ ޖާމިނުކޮށްގެން ނިންމާލެވެން ނެތް ކަމަށެވެ.

އެގޮތުން ރައީސް މުއިއްޒު މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެ މިއަދު މިއޮތް ހަލަތަުގައި މިއޮތީ ޑރ. މުއިއްޒު އެ ހާލަތަށް ގައުމު ވައްޓާލައިގެން ނޫން. އޭގެވެސް ހަގީގަތް އނެގޭނެ. ފަސް އަހަރެއްގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖެ މިހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމުގައި ތިބެގެން. އެކަމަު މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ދައުލަތް ހިންގަން ނޭނގެއޭ ފައިސާ މެނޭޖުކުރާކަށް ވެސް ނޭނގެއޭ، ދަރަނި ފިލުވަން ނޭނގެއޭ. އެކަމަކު މިކަންކަން މިހެންވީ ކޮން ބައެއްގެ އިހުމާލުންކަމެއް ގަބޫލުކުރާކަކށް ބޭނުން ނުވޭ އެމީހުން. ނިމިދިޔަ ފަސް އަހަރު އެމްޑީޕީއިން ނިންމާލީ ގައުމީ ސަލާމަތަށް ނުރައްކަލުގެ ރަނގަބީލު ޖަހަމުން ކަންކަން ސިއްރުކުރަމުން.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަޖިލިސް މެމްބަރުން ވެސް ގައުމުގެ ހައްގުގައި މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ނިމިގެން ދިޔަ ފަސް އަހަރު އެމްޑީޕީއިން އަމަލުކުރި އުސޫލުތަކަށް ރިއާޔަތްކުރުމަށްފަހު ޚާއްސަކޮށް މަޖިލީހުން އަމަލުކުރި ގޮތަށް ބެލުމަށް ފަހު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންނަށް އެންމެ ވޯޓެއްވެސް ދޭން ނުޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕިއެމްގެ ތެެރެއިން ދިމާވި ތުރާލާއެކު ޕާޓީއާ އެކު ކުރިއަށް ވަޑައިނުގެންނެވިގެން ނުކުމެ ވަޑައިގެން ރައީސް ޔާމީން އަލަށް ޕާޓީއެއް އުފައްދަވަން މަސައްކަތްޕުޅު ކުރައްވަނީ ވެސް ސަރުކާރަށް އެމްޑީޕީއިން ކޮށްފާނެ ޖެއްސުންތަކުން ސަލާމަތްކޮށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށް އެމަނިކުފާނުގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހާމަކުރައްވަައެވެ.

ކޮމެންޓު
ކޮމެންޓްތައު
Ahimadhi
Feb 24, 2024, 11:14 AM
Raees Yasmin vidhaalhu nuvias rayyithunnah engey gaumu mihaalathah vattaalee nimidhiya fas aharu verikan kuri iburahimaai eynaage auvaanunkan ekan gaboolu nukuranee mdp ga thibi gaumuge gadhdhaarun ekani.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved