theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޣައްޒާގެ ރައްޔިތުން / ދި ޖަޕާން ޓައިމްސް
ދުނިޔެ
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަހަތަށް ޖެހުމާއެކު ފަލަސްތީނުގެ އެތަކެއް ބަޔަކު މަރައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
13 ޖުލައި 2025
ޣައްޒާ

ހަމައެކަނި އިއްޔެވެސް ޣައްޒާގެ އެކިއެކި ސަރަޙައްދުތަކުގައި ސަހްޔޫނީންގެ ބާރުތަކުން ޖުމުލަ 110 މީހަކު ޝަހީދުކޮށްލާފައިވާކަމަށް މީޑިޔާ ތަކުން ރިޕޯޓްކޮށްފިއެވެ.

ރަފަޙުގައި ހުންނަ އެމެރިކާއިން ފޯރުކޮށްދިން ކާތަކެތީގެ އެހީ "ޖީއެޗްއެފް"ގެ ކިޔު ގައި ކާއެތިކޮޅެއްގެ އިންތިޒާރުގައި ތިބި 34 މީހަކު މީގެ ތެރޭގައި ހިމެނެއެވެ. މިސައިޓަކީ ރަފަޙުގައި ހުންނަ ކާތަކެތި ލިބޭ ހަމައެކަނި ސައިޓެވެ.

ސަހްޔޫނީންގެ ޢަސްކަރީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މިޙަމަލާ ހިމެނޭހެން، މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 250 ޙަމަލާ ސަހްޔޫނީންއިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދީފައި ވެއެވެ.

ޖީއެޗްއެފް ޙަމަލާގެ މަންޒަރު ސިފަކުރައްވަމުން، ފަލަސްޠީނު ރައްޔިތަކު ކަމުގައިވާ ސާމިރު ޝާތު ވިދާޅުވީ، ޖީއެޗްއެފްގެ ސައިޓުގައި ލޭގެ ކޯރުތައް ހެދިފައިވާ ކަމަށާއި، ޝަހީދުވި މީހުން ކަފުންކުރަން ޖެހުނީ އެމީހުން ކާތަކެތި އަޅަން ގެންދިޔަ ފޮތި ކޮތަޅުތަކުން ކަމަށެވެ.

ފަލަސްޠީނުގެ ގަވަރމެންޓް މީޑިޔާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކާތަކެތި ލިބުން ދަތިވުމުގެ ސަބަބުން، ބަނޑަށް ޖެހި އެތަކެއް ކުޑަކުދިން ނެއް ފަހުގެ ތާރީޚެއްގައި މަރުވެފައިވެއެވެ.

ފަލަސްޠީނާ ޞުލްޙަކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޔަހޫދީން ބުނި ނަަމަވެސް، އެމީހުންގެ ޢަމަލުތައް ދިމާ އިދިކޮޅެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved