April 18, 2026
Advertisement
އިސްރާއިލް ގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތައް ސުންނާފަތިވެފަ
އިސްރާއިލް ގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތައް ސުންނާފަތިވެފަ / އަލްޖަޒީރާ

ޣައްްޒާގެ މެދު ތެރޭގައި ގަތުލު އާންމެއް ހިންގައިފި

Fathmath Reem
ފާތުމަތު ރީމް
Feb 23, 2024, 04:48 PM
ޣައްޒާ

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްްޒާގެ މެދު ތެރޭގައި ގަތުލު އާންމެއް ހިންގައިފިއެވެ.

Advertisement

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ގަތުލު އާންމުގައި 40 މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިސްރާއީލު ސިފައިން އެ ސަރަހައްދުގެ މެދުތެރޭގައި ހިންގި "ނުރައްކާތެރި ޖަރީމާ" ގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޖެނިންއަށް ޑްރޯން ހަމަލާއެއްވެސް ދީފައެވެ. އަދި މި ހަމަލާގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 30،000 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަަމަލާތަކުގެ ޝިކާރައަކަށްވެ 29،410 މީހުން ވަނީ ޝަހީދުވެފައެެވެ. އަދި މި ހަމަލާތަކުގައި އެކި ވަރުގެ އަނިޔާތައް ލިބި 69،465 މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved