March 27, 2026
Advertisement
މެންބަރު އައްބާސް
މެންބަރު އައްބާސް / ސޯޝަލް މީޑިއާ

ފެންނަން ހުރި ކަންކަމުގައި ޖަގަހަ ޖަލްސާތަކުގައި ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އެމްޕީ އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Jul 18, 2025, 04:37 AM
މާލެ ސިޓީ

ލޯމައްޗަށް ފެންނަން ހުންނަ ކަންކަމުގައި، ޕީއެންސީއިން ޖަގަހަ ޖަލްސާތަކުގައި ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ ފިހާރައެއްގައި ހުރި ބައެއް މޭވާތަކުގެ އަގު ދައްކުވައިދޭ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި، ސިއްހަތަށް ފައިދާ ހުރި މޭވާތަކުގެ ތެރެއިން އެންމެ އާއްމުކޮށް އެންމެ ހެޔޮ އަގެއްގައި ލިބޭ އާފަލެއްގެ އަގު ހުރީ ނުވަ ރުފިޔާއަށް ވުރެން މަތީގައެވެ. އޮރެންޖެއް އަގު 3 ރުފިޔާގައެވެ.

އެ ވީޑިއޯއާއެކު އައްބާސް ލިޔުއްވާފައިވަނީ، ތަކެތީގެ އަގު މިހިސާބަށް ގޮސް ރައްޔިތުން ހަނާވާއިރު ވަކި މީހަކު ރުއްސަން ނުވަތަ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ޓެކުސް ފައިސާއިން ނަހަމަ މަންފާ ހޯދަން ޖަގަހަ ޖަލްސާގައި ދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން ޤަބޫލެއްނުކުރާނެ ކަމަށެވެ. އަދި ޕީއެންސީއިން ވިދާޅުވާ ގޮތަށް ރައްޔިތުން ހައްލަން ޕާޓީ ކުދިންނަށް 8000 ރުފިޔާގެ ވަޒީފާ އެއް ދެއްވީމަ އެބައި މީހުންގެ އަނބިދަރިން ގޮވައިގެން ބަޑުފުރާ މުއްތިކޮށްގެން ދިރިއުޅުމުގެ ހަރަދު ބަރަދު ކުރެވޭނެތޯ ވެސް އައްބާސް ވަނީ އައްސަވާފައެވެ.

އައްބާސް ޕާޓީ ކުދިންނަށް ވަޒީފާ ދޭ ވާހަކަ ވިދާޅުވެފައި އެއޮތީ ބެލެވޭ ގޮތުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުއަށް ދެއްވި ރައްދެކެވެ. ބުރާސްފަތި ދުވަހުގެ ރޭ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ޕާޓީގެ ވެރިކަމެއް ފަށައި ޕާޓީގެ މެންބަރަކަށް ވަޒީފާ ލިބޭނެގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކުރިން ހެޔޮ އަގުގައި ލިބެން ހުރި އާފަލާއި އޮރެންޖް މިއަދު ބާޒާރުގައި ނުވަ ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު މި ތަކެތީގެ އަގަށް ބަދަލު އައިސްފައި ވަނީ މީގެ ތިންވަރަކަށް ހަފްތާ ކުރިިން ކަމަށްވެއެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވަނީ ޑޮލަރުގެ އަގު ކޮންޓްރޯލު ނުކުރެވި މައްޗަށްދާތީ ކަމަށް ވިޔަފާރިވެރިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved