March 22, 2026
Advertisement
-
- / އަލްޖަޒީރާ

ޕާކިސްތާނުގެ ފެން ކަނޑާލަން އިންޑިއާ އިން އިންޒާރު ދީ ދީ ތިއްބާ ޗައިނާ އިން އިންޑިއާގެ ފެން ބަންދު ކުރަން ޑޭމް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 20, 2025, 10:58 PM
މާލެ ސިޓީ

އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުންތައް ބޮޑުވެ ޕާކިސްތާނުގެ ފެން ކަނޑާލަން އިންޑިއާ އިން އިންޒާރު ދީ ދީ ތިއްބާ ޗައިނާ އިން އިންޑިއާގެ ފެން ބަންދު ކުރަން ޑޭމް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Advertisement

ޗައިނާއިން ރަސްމީކޮށް ޓިބެޓްގެ ބްރަޙްމާޕޫތުރާ (ޔާރލުންގް ޓްސަންގްޕޯ) ގައި ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯއިލެކްޓްރިކް ޑޭމް އަޅަން ފެށިކަން ޖުލައި 19 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

ޗައިނާ އިން އަޅަން ފެށި މި ޑޭޕްގެ ލޮކޭޝަންގެ ސަބަބުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އުދައެރުމާއި ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ހާދިސާތައް ދިމާވާނެ ކަމަށް ތަޖުބާރިކާރުން އަންނަނީ ބުނަމުންނެވެ.

އިންޑިއާ އާއި ޗައިނާ އަކީ ވާދަވެރި ދެ ގައުމަކަށް ވާއިރު، އިންޑިއާ ދެކޮޅަށް ޗައިނާއިންވެސް އަންނަނީ ގިނަ ސްޓޭންޑްތަކެއް ނަގަމުންކަން ފާހަގަކުރެވެއެވެ. މިގޮތުން ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ކުރަމުންދާ ހަނގުރާމައިގައި ސަހްޔޫނީންނަށް ވާގިވެރިވެ ވުމަށް މޯދީ ސަރުކާރުން ހަތިޔާރު ފޯރުކޮށްދޭކަން ހާމަވެފައިވާއިރު ޗައިނާ އިން ދާދި ފަހުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ފެން ކަނޑާލާނެކަމުގެ އިންޒާރު އިންޑިއާއިން ދީފައި ވަނިކޮށް ޗައިނާއިން މި އަޅަން ފެށި ޑޭމް އަކީ އިންޑިއާއަށް ދީފައިވާ ވަރަށް ބޮޑު ރައްދެކެވެ.

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ ކަމަށް މި ސަރަހައްދުގެ ގިނަ ގައުމުތަކުން އަންނަނީ ދެކެމުންނެވެ. ކަން މިހެން އޮތް އިރު، ދިވެހި ސަރުކާރުން އަންނަނީ އިންޑިއާއި ގުޅުން ވަރުގަދަ ކުރުމަށް ދިވެހު ގައުމު ވިއްކާލާ، ގައުމު ނުރައްކަލަށް ހުށަހަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved