

ނ.އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން ނ.ކުޑަފަރި އަށް މިއަދު ވަޑައިގަތުމުން އެރަށު ރައްޔިތުން މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މިގޮތުން، ވެރިކަމަށް ހޮވުމުން ރައްޔިތުންގެ ހާލު ބަލާލުމެއްނެތި ރައްޔިތުން ނިކަމެތިކޮށްލުމަށްފަހު، އިންތިޚާބު ކައިރިވުމުން ވޯޓު ހޯދުމުގެ ނިޔަތުގައި ރަށްރަށަށް ވަޑައިގަތަސް މުއިއްޒުއަށް ދެނެއް ރައްޔިތުން ވޯޓު ނުދޭނެކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
އަދި ރޯދަ މަހާއި ދިމާކޮށް ކޮންމެ ގެޔަކަށް މަސްދޭޅު ކޭސް ބަހާ ރައްޔިތުންގެ ލޮލޮގައި އަނދުން އެޅުވުމަށްފަހު ރައްޔިތުން ފެލާލާފައިވާ ކަމަށް ވަނީ ގޮވާލާފައެވެ.
ރައްޔިތުން ފެލާލާލައިގެން ދައުލަތް ހިންގުމަށް މުއިއްޒު ވަރުގެ ވެރިއެއް ނެތް ކަމަށްވެސް މި ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މިނިވަންދުވަހާއި ދިމާކޮށް އިންޑިއާގެ ޕްރައިމް މިނިސްޓަރ "ޗީފް އޮފް ދަ އޮކޭޝަން" އަކަށް ސަރުކާރުން ނިންމާފައިވުމުން އެކަމަށްވެސް ނ.ކުޑަފަރިން ވަނީ ފާޑުކިޔާފައެވެ.
މިގޮތުން، "މޯދީ ޒިންދާބާދް، މުއިއްޒު މުރްދާބާޒް" ކިޔާ ވަނީ އަޑުއުފުލާފައެވެ.