

ކުކުޅު ފިހާރައިން ވިއްކާ ޗިކަން ނަގެޓްސް ކޮންމެ ކޭހަކުން 100ރ އަގުހެޔޮކޮށްފިއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކުކުޅު ފިހާރައިން ވިއްކާ ޗިކަން ނަގެޓްސް ކޭހަކުން 100ރ. އަގުހެޔޮކޮށްފައިވާ ކަމަށެވެ.
މިއާއެކު ކުރިން 889ރ. އަށް ވިއްކަމުން ދިޔަ 260ގ. 28 ޕެކެޓް ހިމެނޭ ޗިކަން ނަގެޓްސް ކޭހެއް މިހާރު 789ރ. އަށް ލިބިގެންދާނެ ކަމަށް ވެސް މާޝިތާ ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް އަބަދުވެސް ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދެމުން އަންނަ ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި، ކޮށާފައި އަދި ނުކޮށާ ހުންނަ ކުކުޅާއި، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.