theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މެންބަރު އައްބާސް / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް މުއިއްޒުއާ އެމްޕީ އައްބާސްގެ ކޯޅުން، ފިތިފައިވަނީ ދާއިރާ ރައްޔިތުން!
Mariyam Isaadha
މަރިޔަމް އިސާދާ
23 ޖުލައި 2025
މާލެ ސިޓީ

ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި ދާއިރާގެ މެމްބަރަކީ ހުރަހެއްގެ ގޮތުގައި ސިފަކުރެއްވުމުން ރައީސް ޑރ މުހައްމަދަށް މުއިއްޒަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ޖަޒުބާތީ ރައްދެއް ދެއްވައިފިއެވެ.

ނ. ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުވެ ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އެގޮތުން ނ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޮއްދުއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުން ކަންކަމުގައ ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް ވެސް އަޅަމުންދާ ކަމަށެވެ.

ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް މެމްބަރު ވާން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ މެމްބަރު އައްބާސްގެ އުނދަގޫ އެމްޑީޕީ މެމްބަރުންނަށްވެސް ބޮޑު ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައީސް މުއިއްޒުގެ މި ވާހަކަފުޅުތަކާ އެކު އައްބާސް ވަނީ އެކަން ދޮގު ކުރައްވާފައެވެ. އައްބާސް ވިދާޅުވީ، ސިޔާސީ މައިދާނުގައި ހޭދަކުރެއްވި 18 އަހަރު އޭނާ ވަކާލާތުކޮށް އަޑު އުފުލާފައިވާނީ ދާއިރާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެގޮތުން މިހާރުވެސް ދާއިރާ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރެއްވި ނަމަވެސް، ސަރުކާރަށް އެއްބާރުލުން ވެސް ދޭ ކަމަށް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އެގޮތުން އޭނާ ވަނީ ސަރުކާރުން ހުށައެޅި މޮޅު ބަޖެޓަށް އޭނާ ވޯޓު ދިން ކަމާ ސަރުކާރުން ހުށަހެޅި ކޮންމެ ބިލަކަށް ވެސް ސަރުކާރާ އެއްކޮޅަށް ވޯޓު ދިންކަން ހަނދާނަށް ގެނެސްދެއްވާފައެވެ. އަދި ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ ވާހަކަ ހިފައިގެން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އޭނާ ދާކަން ވެސް އައްބާސް ފާހަގަކުރައްވާފައިވެއެވެ.

އައްބާސް އަކީ ހުރި އުނދަގުލެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރައްވާފައިވާއިރު އައްބާސް މި ފަހަކަށް އައިސް ގެންދަވަނީ ފާޅުގައި ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ދާއިރާގެ ތަރައްގީއަށް ސަރުކާރުން ބުރޫ އަރުވަނީ އައްބާސްގެ ފާޑުކިޔުމާ ގުޅިގެންނެވެ. އަދި އޭގެ ސަބަބުން އަދަބު ލިބިތަރައްގީ ހުއްޓިފައިވަނީ ދާއިރާގެ ރައްޔިތުންނަށެވެ. ނަމަވެސް ދާއިރާ މެމްބަރުގެ ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ހުރި ހުރަހަކަށް ނުވާނެއެވެ. އެއީ ދާއިރާތަކުގައި ހިމެނޭ ރަށްތަކަށް ތަރައްގީ ގެންނަން ސަރުކާރުން ރަސު ކައުންސިލްތަކާ މަޝްވަރާކޮށް ކުރިއަށް ގެންދެވޭނެތީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved