March 17, 2026
Advertisement
ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް
ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ކުޑަކުދިންގެ ހައްގުގައި ރައީސް ޔާމީން: އިންސާނީ ހައްގަކީ ހުޅަނގުގެ މީހުންގެ އެކަނި އެއްޗެއްތަ؟

Jul 24, 2025, 02:57 AM
މާލެ ސިޓީ

އިންސާނީ ހައްގަކީ ވަކި ބައެއްގެ އެއްޗެއް އެކަނި ތޯ ސުވާލުއުފައްދަވާ ފަލަސްތީނުގެ ރައްޔިތުންނަށް ކާނާ ނުދީ ބަނޑަށް މަރަމުންދާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ފަލަސްތީނުގައި ކާނާ ނުލިބި ބަނޑުހައި ހޫނުކަމުގައި 100 އަށް ވުރެ ގިނަ މީހުންނާ ކުޑަކުދިން ނިޔާވެފައިވާއިރު އެކަމާ ގުޅިގެން ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ލީޑަރުންނަށް ޣައްޒާގައި، ފާޅުގައި ލަދުވެތިކަމެއް ނެތި ޔަހުދީ އިޒްރާއީލުން ކޮންމެ ދުވަހެއްގެ ކޮންމެ މިނިޓެއްގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ބަލާލަން އެމީހުންގެ ބިޒީ ޝެޑިއުލްއިން އެންމެ މިނިިޓެއް ނަމަވެސް ހޯދާލައިގެން ބަލާލަން ނުވޭތޯއެވެ.

މީގެ އިތުރުން ޣައްޒާގެ ރައްޔިތުން ދުނިޔެ ދައުރުވެ ހިނގަމުންދާ ކޮންމެ ވަގުތެއްގައި އަހަރުގެ ކޮންމެ ދުވަހެއްގައި އުޅެން ޖެހިފައިވަނީ އިޒްރޭލުން ދެމުންދާ ހަމަލާތަކާ ކުރަމުްނ އަންނަ ހަނގުރާމައިގެ ތެރޭގައި ބިރުވެރިކމާ ނާމާން ކަމުގައި ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ގައްޒާގައި ޖައްބާރު ޔަހޫދީއިން ހިންގަމުންދާ ނަސްލު ހޭދައިގައި ބައިވެރިނުވަނީ ކޮންބައެއް ތޯއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގަކީ ހަމައެކަނި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންގެ ހައްގެއްތޯއާ ފަލަސްތީނުގެ ކުޑަކުދިންނަކީ އެއީ އިންސާނުންގެ ދަރަޖައިގައި ނުގުނާ ބަޔަކީ ތޯއެވެ.

ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާއާ ގުޅޭ ގޮތުން ރައީސް ޔާމީން ޝުއޫރުފާޅުކުރެއްވި އިރު އެމަނިކުފާނު ޕީއެންއެފް ޖަލްސާތަކުގައި ވެސް ތަކުރާރުކޮށް ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ކަންކުރާ ގޮތާ މެދު ހިތްޕުޅު ހަމޖެހިވަޑައިނުގެން ވެސް ވާހަކަފުޅު ދައްކަވައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވުވާ ގޮތުގައި ފަލަސްތީނު މައްސަލައިގައި ރައީސް މުއިއްޒު ގެންގުޅުއްވަނީ ކަންދެއްކުމުގެ އުސޫލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved