March 27, 2026
Advertisement
މެމްބަރު އައްބާސް
މެމްބަރު އައްބާސް / މަޖިލިސް

ސުޕަރ މެޖޯރިޓީ އޮތަސް މުއިއްޒަށް ތާއީދެއް ނެތް: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Jul 24, 2025, 09:08 PM
މާލެ ސިޓީ

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކުރާ ތިބީ މަދު ޕީއެންސީ މެމްބަރުންތަކެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެބްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އައްބާސް ވިދާޅުވީ ނ. އަަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފެނިގެން ދިއަ މަންޒަރުތަކުން ރައީސް މުއިއްޒަށް މި ގައުމުގައި ތާއީދެއް މިހާރު ނެތްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ. މިއަދު މި ގައުމުގައި ރައީސް މުއިއްޒަށް ތާއީދު ކުރާ އެންމެ 10 ޕަސެންޓް މީހުން ވެސް ނެތް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ސަރުކާރުގެ މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ ތެރޭގައި ވެސް ރައީސްގެ ސިޔާސަތުތަކަށް ފާޑު ކިޔުއްވާ ބޭފުޅުން ތިއްބަވާކަން ހާމަކުރައްވާ އައްބާސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް މެމްބަރުންގެ ތެރެއިން ވެސް ރައީސް މުއިއްޒަށް ތާއީދު ކުރަނީ އެންމެ 15 ވަރަކަށް މެމްބަރުން ކަމަށެވެ.

އެގޮތުން 75 މެމްބަރުން ސަރުކާރު ތަމްސީލުކުރަން ޕީއެންސީގެ ފަރާތުން މަޖިލީހުގައި ތިބި ނަމަވެސް ފާޅުގައި ގިނަ މެމްބަރުން މި ސަރުކާރުގެ ކަންކަން ގޯސް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަށް މިހާރު އެމަނިކުފާނަށް ތާއިދު ސަރުކާރުތެރޭގައި ނެތްކަން ހާމަވާ ކަމަށާ އެމަނިކުފާނަށް މިއަދު ގޮތް ހުސްވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved