March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ހާރިޖީ ސިޔާސަތު ބައްޓަންވެގެންދާންވާނީ އިހްތިރާމާއި، ގަދަރާއި މިނިވަންކަމާއިއެކު: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Jul 25, 2025, 10:55 PM
މާލެ ސިޓީ

ޙާރިޖީ ސިޔާސަތު ބައްޓަންވެގެންދާނަވާނީ އިޙްތިރާމާއި، ގަދަރާއި މިނިވަންކަމާއިއެކު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ނޫން ގޮތަކަށް ޙާރިޖީ ސިޔާސަތު ބައްޓަންވެގެންދާނަމަ ކޮންމެވެސް އެއްބަޔަކު ނާޖާއިޒް ފައިދާ ނަގާނެކަމަށެވެ.

ރައީސް ވިދާޅުވީ ދިމާވެފައިވާ މައްސަލައަކީ އިންޑިއާގެ ސަރުކާރުގެ މައްސަލައެއް ނޫންކަމަށެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިންޑިއާއަކީ ވަރަަށް އެކުވެރި އަވައްޓެރި ގައުމެއް. އަޅުގަނޑުމެންގެ ހެޔޮއެދުން އިންޑިއާގެ ރައްޔިތުންނާއިއެކުވޭ. އަދި މޯދީއަށް މަރުހަބާވެސް ދަންނަވާނެ. އެއީއެއް ނޫން އަޅުގަނޑުމެންގެ މައްސަލައަކީ، އަޅުގަނޑުމެންގެ މައްސަލައަކަށްވެގެން ދިޔައީ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި ކަމަކުން އަޅުގަނޑުމެން ދިވެހިރާއްޖެ އުނދަގޫވާ ހިސާބަކަށް ފައްތާލީ

ރައީސް ޔާމީން ވިދާޅުވި

ރައީސް ވިދާޅުވީ ދޭދޭ ދެގައުމުގެ ތެރޭގައި އަދި ރައްޔިތުންގެ ދޭތެރޭގައި އޮތީ އެކުވެރިކަމާއި، އުފާފާގަތިކަމާއި ގުޅުން ކަމަށެވެ.

އެންމެ ދުވަސްވީ ގުޅުން އަޅުގަނޑުމެންގެ ތެރޭގައި އޮތީ އިންޑިއާއާއި އެކު ކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved