March 19, 2026
Advertisement
އިމާމް ހިއްސާކުރެއްވި ފޮޓޯ
އިމާމް ހިއްސާކުރެއްވި ފޮޓޯ / ސޯޝަލް މީޑިއާ

އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން، މޯދީއަށް ޓަކައި މަނާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 25, 2025, 11:49 PM
މާލެ ސިޓީ

އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން، މޯދީއަށް ޓަކައި މަނާކޮށްފިއެވެ.

Advertisement

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރި ރަށް މާލޭގައި އުޅުއްވާތީ ރަށުގެ ބޮޑު ސަރަހައްދެއް ފުލުހުން ބަންދުކޮށް، އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން ވެސް ވަނީ މަނާކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދުގެ އަސްރު ނަމާދަށް ވެސް އިސްލާމީ މަރުކަޒަށް މީހުންނަށް ވަނީ ނަމާދަށް ނުދެވިފައެވެ. މިސްކިތުގެ އިމާމު ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަސުރަށް ބަންގި ގޮވައިފިން، މިސްކިތުގައި އެންމެ މީހަކު. ދެރަ ދޯ؟،" އިމާމު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒުން ފެށިގެން، ބޮޑުތަކުރުފާނު މަގު ބީއެމްއެލް އާއި މުލީއާގެއާ ހަމައަށް އެއްގޮތަކަށް ވެސް ވަނުން މަނަ އެވެ. ގަޑިން 6:00 ޖަހަންދެން އެ ސަރަހައްދު މުޅިން ބަންދު ވާނެ ކަމަށް ފުލުހުން ބުނެ އެވެ.

މިސްކިތަަށް ވަނުމަށް ހުރަސް އަޅާފައިވާތީ ދީނީ އިލްމުވެރިޔާ އައޝައިޚު އާދަމް ނިޝާން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved