April 29, 2026
Advertisement
-
- / ސީ.އެން.އެން

ޣައްޒާގައި އިންޑިއާއިން އުފައްދާފައިވާ ޑްރޯންތަކެއް ބޭނުންކުރިކަން ހާމަވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 27, 2025, 01:45 AM
މާލެ ސިޓީ

އިންޑިއާގެ އަދާނީ ޑިފެންސް އާއި އެއަރޮސްޕޭސް އާއި ސަހްޔޫނީންގެ އެލްބިޓް ސިސްޓަމްސް ގުޅިގެން އުފައްދާފައިވާ ޑްރޯންތަކެއް ޣައްޒާ އިން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ރިޕޯޓްތަކުން ދައްކާ ގޮތުގައި އަދާނީ އެލްބިޓުން ވަނީ 900 އެއްހާ ޑްރޯން ސަހްޔޫނީންނަށް ފޯރުކޮށްދީފައެވެ.

ސަހްޔޫނީން ގެ ހަމަލާތަކުގައި ފަލަސްތީނުގެ ލައްކަ އެއްހާ ރައްޔިތުން ޝަހީދުކޮށްފައިވާ އިރު، ސަހްޔޫނީން އަންނަނީ 2023 ވަނަ އަހަރުން ފެށިގެން އެމީހުންނަށް ހަތިޔާރު ފޯރުކޮށްދެމުންކަން ވަނީ ހާމަވެފައެވެ.

މޯދީ ސަރުކާރަކީ މުސްލިމުންނާއި ދެކޮޅު، މުސްލިމުން މަރަން އަބަދުވެސް ހިތްވަރު ދެމުން އަންނަ ސަރުކާރެކެވެ. މިގޮތުން އެކި ޕްލެޓްފޯމްތަކުގައި މޯދީ ވަނީ މުސްލިމުން މަރަން އެކި ފަހަރު މަތިން ގޮވާލާފައެވެ.

ފަލަސްތީނުގެ މުސްލިމުން މަރަން ވާގިވެރިވާ މޯދީ ރަސްމީ އިއްޒަތުގައި ރާއްޖެ ގެނެސް، މުއިއްޒު ވަނީ ގައުމުގެ އެންމެ މަތީ ޝަރަފު މޯދީއަށް އަރުވާފައެވެ.

ދިވެހިންގެ ޕްރެޝަރ އާއި ހުރެ ސަހްޔޫނީންގެ ޕާސްޕޯޓް ބޭން ކުރި ކަމުގައި ވިޔަސް، ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ވާހަކަ ސަރުކާރުން ފާހަގަކޮށްފައިނުވެއެވެ. އެއަށް ވުރެ ބޮޑަށް މުއިއްޒު އުޅުއްވަނީ އިންޑިއާ ހިތްހަމަޖައްސައިދިނުމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved