March 22, 2026
Advertisement
-
- / އަލްޖަޒީރާ

އިންޑިއާ، ސަހްޔޫނީންނަށް ހަތިޔާރު އުފައްދައިދިނުމާއި ސަހްޔޫނީން އުފައްދާ ހަތިޔާރު ގަތުމުގައި އެންމެ ކުރީގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 27, 2025, 04:45 PM
މާލެ ސިޓީ

ސަހްޔޫނީންނަށް ހަތިޔާރު އުފައްދައިދިނުމާއި ސަހްޔޫނީން އުފައްދާ ހަތިޔާރު ގަތުމުގައި އެންމެ ކުރީގައި އިންޑިއާ ހަރަކާތްތެރިވަމުން އަންނަ ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތުހުމަތުކޮށްފިއެވެ.

Advertisement

ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުން ބަނޑަށްޖައްސާ، ކާބޯތަކެތި ފޯރުކޮށްދޭ ހުރިހާ މަގެއް ބަންދުކޮށް މަރަމުންދާކަން އެގި ތިބެ އިންޑިއާއިން ވަނީ ސަހްޔޫނީންނާއި އިތުރަށް ގުޅުން ވަރުގަދަ ކޮށްފައެވެ. އަދި އިންޑިއާގެ އަސްކަރީ ހަތިޔާރުތައް ސަހްޔޫނީންނަށް އަދިވެސް ފޯރުކޮށްދެމުންދާކަމަށްވެސް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ސަހްޔޫނީން ހިންގަމުންދާ މި ގަތުލުއާންމުގައި ބައި ލައްކަ އެއްހާ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ސަހްޔޫނީން ކުށްވެރިކޮށް ސަހްޔޫނީންނަށް ވާގިވެރިވާ އިންޑިއާއަށްވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި 115 ފަލަސްތީނުގެ ރައްޔިތުން ކުޑަކުދިން ހިމެނޭހެން ބަނޑުހައި ހޫނުކަމުގައި މަރުވެފައިވެއެވެ.

މޯދީ ސަރުކާރަކީ ފެށުނީއްސުރެ އިންޑިއާގައި ދިރިއުޅޭ މުސްލިމުން، ޚާއްސަކޮށް ކަޝްމީރު ރައްޔިތުންނާއި ދެކޮޅުވެ އެމީހުން މަރަން ގޮވާލަމުން އަންނަ ފަރާތެކެވެ. އިންޑިއާގައި މުސްލިމުން ދިރިއުޅުމަށް ދަތިކޮށް އަސްކަރީ ބާރުގެ ބޭނުންކޮށްގެން މުސްލިމުން މަރަމުން އަންނަކަމުގެ ރިޕޯޓްތައްވެސް ފެތުރިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved