March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

"ޕަބްލިކް ރިއެކްޝަން"ގައި ރައީސް މުއިއްޒަށް މާ ބޮޑު ތައުރީފެއް ނެތް: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Jul 28, 2025, 04:06 AM
މާލެ ސިޓީ

ޕަބްލިކް ރިއެކްޝަންގަ ރައީސް ޑރ މުހައްމަދު މުއިއްޒަށް މާ ބޮޑު ތާއީދެއް މާބޮޑު ތައުރީފެއް ކޮށްފައި ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން ގިނަ ކަންތައްތައް ކޮށްދިން ނަމަވެސް ރާއްޖޭގެ ސަރުކާރުން ދާން ނުޖެހޭ ލެވެލްއަށް ގޮސް ގިނަ ކަންތައްތައް ކުރެއްވުމުން ރައްޔިތުންނަށް މި ކަންތައްތައް ބަލައިގަންނަން އުނދަގޫ ވެއްޖެ ކަމަށެވެ.

އެއް ކަމަކީ ވަރަށް ބޮޑު، ވަރަށް ވަރުގަދަ ދަތުރުފުޅެއް، މޯދީގެ ދަތުރު ދެން މި ދިޔައީ އެއާރޕޯޓް ޓާމިނަލް ހުޅުވުން. އެކަމަކު މިއިން "ޕަބްލިކް ރިެއްކްޝަން" ބައްލަވަބަލާށޭ. ޕަބްލިކް ރިއެކްޝަންގަ ނެތޭ ރައީސް މުއިއްޒަކަށް މާ ބޮޑު ތާއީދެއް މާބޮޑު ތައުރީފެއް ކޮށްފައެއް. އެހެންމަ މިއުޅެނީ ފަންޑަމެންޓަލް މައްސަލަތަކެއް މި ޖެހެނީ ޑައިސެކްޓްކުރަން މިވީ ކީއްތޯ ބަލަން.

ރައީސް ޔާމީން ވިދާޅުވި

ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން ދެއްކެވި ވާހަކަފުޅާ އަމަލުކުރަމުން ގެންދާ ގޮތް އުޑާ ބިމާހާ ތަފާތުވުމުން ރައްޔިތުން މިހާރު ސަރުކާރުން ދައްކާ ވާހަކަތައް ޤަބޫލެއް ނުކުރާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved