May 3, 2026
Advertisement
-
- / ރައީސް އޮފިސް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ސޯބިރު އަވަހާރަވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 28, 2025, 06:10 PM
މާލެ ސިޓީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އިއްޔެ އެރުވި ހަސަން ސޯބިރު އަވަހާރަވެއްޖެ އެވެ.

Advertisement

ސޯބިރު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.

ސޯބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ސޯބިރު ފާހަގަވެގެންދަނީ، ރާއްޖޭގެ އިޤުތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ 4 ވަނަ ދައުރުގައި އެކުލަވާލި ކެބިނެޓްގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމު ސޯބިރު ފުރުއްވާފައިވެ އެވެ.

ސޯބިރަކީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 އިން 27 ފެބުރުވަރީ 2005 ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. މިހާރު އަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައިލެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved