March 21, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވައްކަންކުރުމާއި ކޮރަޕްޝަން އަށް ދަހިވެތިވާ މީހުން މުއިއްޒާއެކު ތިބޭނީ: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Jul 28, 2025, 08:34 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒާއެކު ތިބޭނީ ލާރި ލިބުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަންއަށް ދަހިވެތިވާ މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓްގެ 70 % ނިންމާފައިވާ ކަމަށް ބުނިނަމަލް ވެސް ޓާމިނަލް ހުޅުވާފައިވާއިރު އެއާޕޯޓްގެ ކިހާވަރެއް ޓާމިނަލް ހިއްސާކުރާތޯ ބަލަން ޖެހޭ ކަމަށެވެ.

މި "ސްލޯ ސްޕީޑު"ގައި މިކަން ކުރާ ބަޔަކަށް 70% ނިންމިދާނެތޯ؟. އެއޮތީ ޓާމިނަލް އޮތް ގޮތް އިނގޭތޯ. އެކަމަކު އެއަށް ހަރަދުކޮށްލައިފި ގާތްގަނޑަކަށް 6 މިލިޔަން 7 މިލިޔަން ޑޮލަރުގެ ޑްރޯނަ ޝޯވއެއް "ވިޗް ވޯސް އަ ޑިޒާސްޓަރ". ކިރިޔާ ކންނޭގެ އެތާ ތިބި މީހުންގެ ބޮލަށް އެ ޑްރޯންތަކާއި އެއްޗެހި ނުވެއްޓުނީ. އެވެސް ލިބުނީ އިވެންޓް މެނޭޖްކުރާ ކުންފުންޏައް، ތާޅަފިލި ހިފައިން އަޑުގަދަކޮށް އުޅޭ މީހުންނަށް. މިހެން ހަދާފަ މުޅި ރާއްޖޭގެ ހުރިހާ ދިމާލެއްގަ ކޮރަޕްޝަން މިއޮތީ. މިހެން އޮއްވާ މުއިޒް މި ވިދާޅުވަނީ އެކި މީހުން އެކި ދިމާލަށް ގޮސްގެންނެއް ޤައުމު ސަލާމަތަކުންނެއް ނޯންނާނޭ. އެންމެން ދާންވީ މުޢިއްޒާއެކު މޯދީގެ އަރިހައް.

- ރައީސް ޔާމީން ވިދާޅުވި

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މުއިއްޒު ވިދާޅުވާގޮތުންނަމަ ރައްޔިތުން ދާންވީ ނުވަތަ ކަންތައް ކުރަންވީ ވެރިކަމުގައި ހުންނަ މީހާ ބުނާ ގޮތަށް ކަމަށެވެ. ނަމަވެސް މި ގޮތަށް ކަންތައް ކުރުމަކީ ޑިމޮކްރަސީ އެއް އުފެދިގެން އަންނަ ސަބަބު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved