May 1, 2026
Advertisement
ސޯބިރު ނިޔާވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ގައުމީ ދިދަ ތިން ދުވަހަށް ބައި ދަނޑިއަށް ތިރިކުރުމަށް ނިންމައިފި
ސޯބިރު ނިޔާވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ގައުމީ ދިދަ ތިން ދުވަހަށް ބައި ދަނޑިއަށް ތިރިކުރުމަށް ނިންމައިފި / ރައީސް އޮފިސް

ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 28, 2025, 08:53 PM
މާލެ ސިޓީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

Advertisement

އެގޮތުން ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައި ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ސޯބިރު އަވަހާރަވުމާ ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރައްވަން ރައީސް ހަމަޖައްސަވާފައިވާ ކަމަށާއި، ސޯބިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.

ސޯބިރުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އުމުރުން 74 އަހަރުގައި ސޯބިރު މިއަދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

ސޯބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ސޯބިރު ފާހަގަވެގެންދަނީ، ރާއްޖޭގެ އިޤުތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ 4 ވަނަ ދައުރުގައި އެކުލަވާލި ކެބިނެޓްގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމު ސޯބިރު ފުރުއްވާފައިވެއެވެ.

ސޯބިރަކީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 އިން 27 ފެބުރުވަރީ 2005 ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. މިހާރު އަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައިލެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved