March 21, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ޚާރިޖީ ސިޔާސަތު ޤާއިމްކުރާއިރު ވިސްނަންޖެހޭ ކަންތައްތައް ހުރޭ: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Jul 30, 2025, 02:23 AM
މާލެ ސިޓީ

ވެރިޔަކަށް އަންނަ މީހަކު ކާރިޖީ ސިޔާސަތު ޤާއިމްކުރާއިރު ވިސްނަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެހީ ދިނުމާއި ފޯރުންތެރިކަން ހުރި ބަޔަކާ، ފަސޭހައިން ލިބޭނީ ކޮން ބަޔަކުންތޯ ބަލަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގަ "ޑީޖޫރޭ" ގެ ހުރިހާ ކަމެއްވެސް ހުންނާނީ ވަރށް ރަނގަޅަށް،"ތިއޮރެޓިކްލީ". އެކަމަކު ޑީފެކްޓޯގެ ކަންތައްތައް ވާނީ އެހެނެއްނޫން، "ޑީފެކްޓޯ" ކޮންމެ މީހެއްވެސް މަސައްކަތް ކުރަނީ އެ މީހެއްގެ ޖާހުގަ، އެކަކަށްވުރެ އަނެކަކު މޮޅުވާން. އިސްލާމީ އުންމަތުގަވެސް ލީޑާޝިޕްއަށް ދައުވާކުރާ 3،4 ދައުލަތް އެބަ އޮތް. އެހެންމަ މި މުގޯލިތަކުގަ އަޅުގަނޑުމެން ފައިއަޅާއިރު އަޅުގަނޑުމެން ބަލަންވާނެ މި ފައި އެޅެނީ ކޮން މުގޯއްޔެއްގަތޯ.

ރައީސް ޔާމީން ވިދާޅުވި

ރައީސް ޔާމީން ވިދާޅުވީ އިސްލާމީ އުންމަތުގެ ތެރޭގައިވެސް ލީޑާޝިޕްގަ ޕޮލިޓިކްސް ހުންނަ ކަމެއް ރައީސް މުއިއްޒަކަށް އެނގިވަޑައިނުގަންނަ ކަމަށެވެ.

ރައީސް މުއިއްޒު "ރީސާޗް" ތައް ނުކޮށް ކަންތައްތައް ނިންމާފައިވާ ކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved