theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
-- / ގެޓީ އިމޭޖަސް
ސިޔާސީ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
Sudha Latheef
ސުދާ ލަތީފް
31 ޖުލައި 2025
މާލެ ސިޓީ

މިހާރުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމުން، އެކަން ހުއްޓުވަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.

ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށިގެން އައި އިރުގައެވެ. ނަމަވެސް މިމަހު ކުރީކޮޅު އޭނާ ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ. އަދި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

ޝަހީދު، ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވަން މައްސަލަ ހުށަހެޅުއްވީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ވަކީލް އަހުމަދު ނައުޝާދެވެ. އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޝަހީދު އައްޔަން ކުރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދި ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ފުރިހަމަނުވާ މީހެއްކަން ކަނޑައަޅައިދިނުމަށެވެ. އެއީ އޭނާ ޕަބްލިކް މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތް ކަމަށް ނައުޝާދު ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?