

ރައީސް ޑރ މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދީފިއެވެ.
ރައީސް މުއިއްޒަށް މަރުގެ އިންޒާރުދީފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރާކަމަށް ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ދިވެއްސަކު އޭނާގެ ސޯޝަލް މީޑިޔާގައި އެވެ.
އެގޮތުން މަސީހު މޫސާ ކިޔާ މީހަކު ވަނީ "އެންމެ ފުރަތަމަ މަރަން ޖެހެނީ ރައީސް މުއިއްޒު" ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން އެ އިދާރާއިން ބުނެފައިވަނީ ، ސޯޝަލް މީޑިއާގައި ރައީސަށް ނިސްބަތްކޮށް ދިން މަރުގެ އިންޒާރުގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންގެންދާ ކަމަށެވެ.