March 10, 2026
Advertisement
މުއިއްޒު
މުއިއްޒު / ވަގުތު.އެމްވީ

އެއާޕޯޓްގައި ފަސްއިރު ބަންގި ގޮވަން ނިންމެވިއިރު، މާލޭގެ ހުރިހާ މިސްކިތެއްގައި ބަންގީގެ އަޑު ގަދަ ނުކުރަން މުއިއްޒު އޮތީ އަންގާފައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 1, 2025, 07:36 PM
މާލެ ސިޓީ

އެއާޕޯޓްގައި ފަސްއިރު ބަންގި ގޮވަން ނިންމެވިއިރު، މާލޭގެ ހުރިހާ މިސްކިތެއްގައި ބަންގީގެ އަޑު ގަދަ ނުކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު އޮތީ އަންގާފައި ކަމަށް ބުނެ އެކްސްގައި ދިވެހިން ނުރުހުން ފާޅުކޮށްފިއެވެ.

Advertisement

މިގޮތުން، މިދިޔަ އަހަރު ތެރޭގައި ރަސްމީކޮށް މުދިމުންނަށް ބާރަށް ބަންގި ނުގޮވުމަށް ވަނީ އަންގާފައި ކަމަށާއި މިކަން އަންގާފައިވަނީ ރައީސް މުއިއްޒު އާއި މަޝްވަރާ ކުރުމަށްފަހު، އިސްލާމިކް މިނިސްޓްރީއިން ކަމަށް ވެއެވެ.

އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓް
އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓް

މި މައްސަލައިގައި އާންމުން ވަނީ މިދިޔަ އަހަރުތެރޭގައި މުއިއްޒު އަށާއި އިސްލާމިކް މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުން އަމާޒުކޮށްފައެވެ.

މި ފާޑުކިޔުންތަކުގެ ރައްދުގައި އިސްލާމިކް މިނިސްޓަރ ޝަހީމް ވަނީ ބަންގީގެ އަޑު މަޑު ކުރުން ދިފާޢުކޮށް ވާހަކަވެސް ދައްކާފައެވެ.

މުއިއްޒަކީ ދީން އައްޑަނައަކަށް ހަދައި ސިޔާސީ އަމިއްލަ ބޭނުންތައް ފުއްދަމުން އަންނަ މީހެކެވެ.

ދީން ހިމާޔަތްކޮށް، ރާއްޖޭގައި އިސްލާމީ ސަގާފަތް ދިރުވާ އާލާކުރާނެ ކަމަށް ހުވާ ކުރުމަށްފަހުވެސް މުއިއްޒު އަންނަނީ ދީން އެއްފަރާތްކޮށް އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved