April 17, 2026
Advertisement
-
- / ސީ.އެން.އެން

ޓްރަމްޕްގެ އިންޒާރާއި އެކު އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ވަގުތީގޮތުން ހުއްޓާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 12:18 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިންޒާރުތަކާއި ގުޅިގެން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ވަގުތީގޮތަށް ހުއްޓާލައިފި އެވެ.

Advertisement

އިންޑިއާގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާ ކާރުން ލަފާކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ އިން ތެޔޮ ގަންނަ ނަމަ އެމެރިކާއިން އިންޑިއާއަށް ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދިނުމާއި ރަޝިއާއިން ތެލުގެ އަގަށް ދެމުންދިޔަ ޑިސްކައުންޓްތައް މަދުވުމުގެ ސަބަބުން އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ރިފައިނަރުން ވަނީ ރަޝިއާގެ ތެޔޮ ގަތުން މަޑުޖައްސާލާފަ އެވެ. ނަމަވެސް، އިންޑިއާއަށް އެތެރެކުރާ ތެލުގެ 60 އިންސައްތަ ގަންނަ އަމިއްލަ ރިފައިނަރުން އަދިވެސް ރަޝިއާގެ ތެޔޮ ގަތުން ކުރިއަށް ގެންދެ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެއްވެސް ރަސްމީ އިރުޝާދެއް ދީފައި ނުވާނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

ރަޝިއާ އިން ތެޔޮ ގަތުން މަޑުޖައްސާލުމާއެކު، އިންޑިއާގެ ސަރުކާރު ހިއްސާވާ ރިފައިނަރުންނާއި ރިލަޔަންސް ފަދަ ބޮޑެތި ކުންފުނިތައް ވަނީ ތެޔޮ ހޯދުމަށް މެދުއިރުމަތީގެ ގައުމުތަކަށާއި ހުޅަނގު އެފްރިކާއަށް އަނބުރާ ރުޖޫއަވާން ފަށާފަ އެވެ.

މީގެ އިތުރުން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިއުމުގެ ސަބަބުން ބައިނަލްއަގްވާމީ ތެލުގެ އަގު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައިވެ އެވެ.

އެހެންކަމުން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމުގެ ސަބަބުން އިންޑިއާ އާއި ހުޅަނގުގެ ގައުމުތަކަށް އިގްތިސާދީ ގޮތުން ލިބޭނެ ގެއްލުންތަކެއް ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved