April 17, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާގައި އެހީ ފޯރުކޮށްދެމުންދާ ސަރަހައްދެއްގައި ކުޑަކުއްޖެއްގެ ލޮލަށް ސަހްޔޫނީ ސިފައިން ބަޑި ޖަހައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 05:55 PM
މާލެ ސިޓީ

ޣައްޒާގައި އެހީ ފޯރުކޮށްދެމުންދާ ސަރަހައްދެއްގައި ކުޑަކުއްޖެއްގެ ލޮލަށް ސަހްޔޫނީ ސިފައިން ބަޑި ޖަހައިފިއެވެ.

Advertisement

އެހީދޭ ސައިޓެއް ކައިރީގައި ކާނާ ހޯދުމަށް ހުރި މި ކުޑަކުއްޖާގެ ލޮލަށް ބަޑިޖަހާފައިވާއިރު، މި ކުއްޖާގެ ލޮލުގެ ފެނުން އަނބުރާ ލިބޭނެ ކަމުގެ އުއްމީދު ޑޮކްޓަރުން ވަނީ ގެއްލުވާލާފައެވެ.

އުމުރުން 15 އަހަރުގެ އަބްދުއްރަހްމާން އަބޫ ޖަޒާރު ބުނީ ސަހްޔޫނީ ސިފައިން އެތައް ފަހަރެއްގެ މަތިން އޭނާގެ ގަޔަށް ބަޑި ޖެހި ކަމަށާއި “މަރު ކައިރިވެއްޖެ” ކަމަށް އެ ވަގުތު ހިތަށް އެރި ކަމަށެވެ.

މީގެ އިތުރުން، އަބްދުއްރަހްމާން ބުނީ މިއީ އެހީދޭ ސައިޓެއް ކައިރިއަށް ދިޔަ ފުރަތަމަ ފަހަރު ކަމަށާއި، ކާނެ އެއްވެސް އެއްޗެއް ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

ސަހްޔޫނީން އަންނަނީ ޣައްޒާ ވަށާލައި ބަނޑުހައިހޫނުކަން މުޅި ޣައްޒާ ތެރޭގައި ފަތުރާ މީހުން ބަނޑަށް މަރަމުންނެވެ.

އެހީދޭ ސައިޓްތަކަށް އަމާޒުކޮށް ސަހްޔޫނީން މިހާރު ހަމަލާތައް އަމާޒުކުރާއިރު ކާނެ ތަަކެތި

އަތަށް އެރުމުގެ ކުރިން ޣައްޒާ ރައްޔިތުން އަންނަނީ ޝަަހީދުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved