April 17, 2026
Advertisement
އާ ޓާމިނަލް
އާ ޓާމިނަލް / ފޭސްބުކް

އަވަސް އަރުވާލައިގެން މި ސަރުކާރުން ނަމަކަށް ހުޅުވި އާ ޓާމިނަލް ގޮވަނީ އަތަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 05:54 PM
މާލެ ސިޓީ

ކުރީ ސަރުކާރުތަކަށް ނުކުރެވުނު މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މުއިއްޒުގެ ސަރުކާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާ ހުޅުވި ކަމުގެ "ކްރެޑިޓް" ދޭން ކުރި މަސައްކަތް ގޮވަމުންދަނީ އަތަށްކަން ހާމަވެއްޖެއެވެ.

Advertisement

ރަސްމީކޮށް އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ ސެޕްޓެމްބަރ/އޮކްޓޮބަރުގައި ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މި ޓާމިނަލް ހުރިހާ އެންމެންނަށް ނުހުޅުވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި 2000 އެއްހާ މީހުންނަށް ޚިދުމަތް ދީފައިވާ ކަމުގެ މޮޅު ހެޑްލައިންތައް ސަރުކާރުން ލިޔަމުން ދިޔަސް އާ ޓާމިނަލްއިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ފެންވަރު އަދި ނެތް ކަމަށް ދިވެހިން އަންނަނީ ބުނަމުންނެވެ.

އެފްބީ ޕޯސްޓެއް
އެފްބީ ޕޯސްޓެއް

މުއިއްޒުގެ މިފަދަ ދޯހަޅި ސިޔާސަތުތަކާއި އަމިއްލަ ފައިދާ އިސްކުރުމުގެ ނަތީޖާއަކީ ސަރުކާރުގެ ކުންފުނިތަކުގެ ނަން ހަޑިވެ ރައްޔިތުން މިފަދަ ތަންތަނަށް ކުރަމުންދާ އިތުބާރު ގެއްލިގެންދާ ކަމެކެވެ.

ޑްރޯން އާއި ހަވާ އަރުވާ ރައްޔިތުންނަށް ހުވަފެން ދައްކާ މުއިއްޒު އަދިވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރައްޔިތުން ހައްލާލުމަށެވެ.

އާ ޓާމިނަލް މުޅިން އެއްކޮށް އޮޕަރޭޝަނަލައިޒްޑް ވާނެ ތާރީޚެއް މި ސަރުކާރަށްވެސް ނޭނގޭކަން ޔަގީނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved