theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެފްޑީސީ އެމްޑީ ހަމްދާން / ސޯޝަލް މީޑިއާ
ހަބަރު
ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ހާޒިރުވެ ހުއްޓާ ކުއްލި ކުއްލިއަށް އުފަންވަމުންދާ ރިވިއުއިންގެ މައްސަލައާ ހުރެ ވެސް ސޮއިނުކުރުވާ ފޮނުވާލަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
04 އޯގަސްޓު 2025
ހުޅުމާލެ ޔޫތް ސިޓީ

ލިސްޓު އާންމު ކުރުމެއްނެތި ކުރިއަށް ގެންދާ ގެދޮރުވެރިޔާގެ "ހުދުމުޚުތާރު" އެގްރީމަންޓްގައި ސޮއިކުރަން އެޕޮއިންޓްމަންޓް ދިނުމަށްފަހު، އަދި ސޮއިކުރުމަށް ހާޒިރުވެ ހުއްޓާ ވެސް، ކުއްލި ކުއްލިއަށް އުފަންވަމުންދާ ރިވިއުތަކުގެ ސަބަބުންވެސް ސޮއި ނުކޮށް ފޮނުވާލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުވެސް މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން މައްސަލަތަކެއް ހުރި ލިސްޓެއް ހައުސިން މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އަށް ފޮނުވުނުކަން އެކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައެއިވާކަމަށް ބުނެފައިވާއިރު، 100 މީހުން ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ މެދުކަނޑަލާފައި ކަމަށްވެއެވެ.

އެގޮތުން އެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ޕޯޓަލްގައި އިންނަނީ ވަރަށް ބޮޑަށް މައާފު ކުރުމަށް ބުނެ ލިޔެފައިވާ ލިޔުންކޮޅެއް ކަމަށާއި ނަން ޕެންޑިންއަށް ގޮސްފައިވާ ކަމަށް ވެއެވެ. އަދި، އެ މީހުން އެއްބަސްވުންތަކުގައި ސޮއިކުރަން ދިޔުމުން ހައުސިން މިނިސްޓްރީއާ ވާހަކަދައްކައިގެން ކުރިއަށް ގެންދަން އެފްޑީސީން އިރުޝާދު ދީފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބައެއް ނަންތައް ހޯލްޑުކުރުމުގެ ކަންބޮޑުވުމާ އެކު މައުލުމާތު ހިއްސާކުރުމުން އެއީ ކިހިނެއް ހިނގާކަމެއްތީ ބަލަން އާންމު ފަރާތަކުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލަށް މެސެޖުކޮށްލުމުން ފުރަތަމަ ވިދާޅުވެފައިވަނީ ސޮއި ކުރުން ދަނީ ކުރިއަށް ކަމަށާ މެދު ކަނޑާލީ މެންދުރު ނަމާދު ވަގުތަށް ކަމަށެވެ. މެންދުރު ފަހު 1:00 ގައި އަލުން ސޮއިކުރަން ފަށާނެ ކަމަށްވެސް ހަމްދާން ވިދާޅުވެފައިވެއެވެ.

ނަމަވެސް މިއަދު ސޮއި ކުރަން ދިޔަ މީހުންނަށް އެގްރިމަންޓު ނުދީ ފޮނުވާލިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނުމުން ހަމްދާން ވިދާޅުވެފައިވަނީ، ރިވިއުކުރަން މިނިސްޓްރީއިން ފާހަގަކޮށްފައިވާ މަދުބަޔަކަށް އެގޮތަސް އެކަން ދިމާވެފައިވާ ކަމަށާ އެހެން ހުރިހާ ފަރާތްތަކުގެ ސޮއިކުރުން ޝެޑިއުލްއާ އެއްގޮަތަށް ދާނެ ކަމަށެވެ.

ދިމާވާ މައްސަަލތަކާ ގުޅިގެން ސުވާލުކުރުމުން ހަމްދާން ދެއްވި ޖަވާބުުގެ ސްކްރީން ޝޮޓެއް.

ހަމްދާން މިފަދައިން ވިދާޅުވެފައިވާއިރު ފްލެޓުވެރިން މައުލޫމާތު ދޭ ގޮތުގައި އެފަދަ އެއްވެސް މައުލޫމާތެއް އެމީހުންނާ ހިއްސާކޮށްފައި ނުވެއެވެ. މިކަމާ ގުޅިގެން ކަންބޮޑުވުމުން ފާޅުކޮށް ފުލެޓާއި ގޯތީގެ މައްސަލައިގައި ވަކާލާތުކުރާ ޖަމިއްޔާ ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު ވިދާޅުވެފައިވަނީ، ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. މިގޮތުން، ބޯހިޔަވާހިކަމެއް ލިބޭނެ ކަމަށް ގިނަ ޒަމާންތަކެއް ވަންދެން އުންމީދުކުރަނިކޮށް، ނަންތަކެއް ހޯލްޑުކުރުމުން އެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުންނާނެކަން ނޫރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަން ފަދަ ކަންކަމާ ވެސް ބައެއް މީހުން ކުރިމަތިލާން ޖެހިދާނެކަން ފާހަގަކުރައްވާ ނޫރު ވަނީ، އްސަލަތަކެއް ހުރެގެން ނަމަވެސް އެފްޑީސީން ނަންތަކެއް ހޯލްޑްރާނަމަ، އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މައްސަލަތަކެއް ހުރި ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ފުލެޓު ދިނުން މެދުކަނޑާލިއިރު، އެ ލިސްޓުގައި ހިމެނެނީ ކިހާ މީހުންނެއް ކަމެއް އެފްޑީސީން ހާމައެއް ނުކުރެއެވެ. އެކަމަކު، ބައެއް މީހުން ބުނާ ގޮތުގައި، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ ފްލެޓު ލިބޭނެ ކަމަށް ބުނެފައި ތިބި މީހުންތަކެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?