March 20, 2026
Advertisement
ސުންދަރަލިންގަމް ކޫޑަލިންގަމް
ސުންދަރަލިންގަމް ކޫޑަލިންގަމް / ވިކިޕީޑިއާ

ދިވެއްސަކަށް ހެދިގެން ރާއްޖެއަށް ހުތުރު އެރުވީ ރާއްޖެ މީހެއް ނޫން

Sudha Latheef
ސުދާ ލަތީފް
Aug 8, 2025, 03:31 AM
މާލެ ސިޓީ

އިނގިރޭސި ވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ދިވެއްސަކު އެ ގައުމުގެ ޖަލަކަށްލި ކަމަށް ބުނެ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތައް ރާއްޖޭގެ އިމިގްރޭޝަނުން މިރޭ ދޮގުކޮށްފިއެވެ.

Advertisement

ލަންޑަނުގައި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެއްސެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވި ކަމަށް ބުނެ އެ މައުލޫމާތު ފުރަތަމަ ގެނެސްދިނީ ފުލުހުންނާ ހަވާލާދީ އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް"އިންނެވެ. ލަންޑަންގައި ދިރިއުޅެމުންދާ ސުންދަރަލިންގަމް ކޫޑަލިންގަމް، 36، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ މީހެއް ނޫން ކަމަށެވެ.

ވީމާ، މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއް ނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެއިލީ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެކަމެއް ހިނގާފައި ވަނީ މާޗް، 2023 ގައި ލަންޑަންގައި ހުންނަ "ރޫޕާޓް ޖޭޑް ތައި މާސާޖު ޕާލާ" އިން ފިލްމީ ތަރިއަށް މަސާޖެއް ދިނުމުގެ ތެރޭގައެވެ. އެ ފިރިހެން މީހާއަކީ އެ ތަނުގެ ވަޒީފާގައި އުޅޭ މީހެކެވެ. އޭނާގެ މައްޗަށް ކުރީ ޖިންސީ ގޯނާކޮށް ޖިސްމާނީ ގުޅުން ހިންގުމާއި ޖިންސީ ގޯނާކުރުމުގެ ދައުވާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved