theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
އައްބާސްގެ ޗެލެންޖެއް ޕީއެންސީ ޕީޖީއަށް: ގަޓު ހުރިއްޔާ ރިކޯލް ވޯޓަކަށް ދާން ޤާނޫނުއަސާސީ އިސްލާހުކޮށްލައްވާ!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
09 އޯގަސްޓު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ހިމެނޭގޮތަށް ރިކޯލް ވޯޓު ނަންގަވާ ނަމަ އެންމެ ފުރަތަމަ އެބިލަށް ވޯޓު ދޭނެ ފުރަތަމަ މީހަކަށް ވާނަން ކަމުގައި ނ.ވެިލދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް އެކްސްގައި ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖުލީސްގައި ތިއްބެވި ޕީ.އެން.ސީ ގެ މެންބަރުން ގެ ގަޓު ހުރިއްޔާ ރިކޯލް ވޯޓަކަށް ދާން ޤާނޫނުއަސާސީ އިސްލާހުކޮށްދިނުމަށް ގޮވާލާފައިވެއެވެ.

މި ޕޯސްޓްގައި ދިވެހި ރައްޔިތުންގެ %80 ވޯޓުން އެންމެ ފުރަތަމަވެސް ރައީސް ޑރ.މުއިއްޒު ބޭރުކޮށްލާނެ ކަމަށާއި އޭގެ ފަހުގައި ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައި ތިއްބެވި ޕީ.އެން.ސީ ގެ މަޖްލިސް ހުރިހާ މެންބަރުން އެދާއިރާގެ ރައްޔިތުން ނިކުމެ ބޭރުކޮށްލާނެ ކަމަށް އައްބާސް ބުނެފައިވެއެވެ.

ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބާރަ ނުވަތަ ތޭރަ މެމްބަރުން ވަރަށް އަވަހަށް މުއިއްޒުގެ ސަރުކާރާ ފެޔަށް ޖެހި ރައްޔިތުންގެ ފަޅި އަށް އަރާނެ ކަމަށް ބުނެ އެކްސް ގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ޕޯސްޓާ އެކު މުޅި ޕީއެންސީ އިންކަހަލަ ގޮތަކަށް އެކަން ދޮގު ކޮށް ސޯޝަލް މީޑިއާގައި އައްބާސް އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވާ އައްބާސް އިތުރަށް ވިދާޅުވީ ފޮނި އުންމީދު ތަކާއެކު ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރުން ދޮގުވެރި މަކަރުން ފުރިފައިވާ ވެރިއެއްގެ ފޫބުޑުގައި ދޫލަމުން ރިޝްވަތުގެ ހުތުރު ފައިސާގެ ދަހިވެތި ކަމުގައި ބޮލުރޮދި ކެޑި،ބުއްދި ސަލާމަތުން ނެތްބޭފުޅުން ހާމަވެ ބޭޒާރު ވެގެންދާނެ ކަމަށެވެ.

މިއާއި އެކު ޕީއެންސީގެ މެންބަރުން މުއިއްޒުގެ ދަށުވެފައިވާ މިންވަރު ހާމަކުރައްވައި ވިދާޅުވީ މުއިއްޒުއަށް ޘަނާ ނުކިޔާ ކޮންމެ މީހަކީ ބައްދަލުވުންތައް ލީކް ކޮށްލި މީހެއްގެ ލަގަބު ބޮލުގައި އަޅަން ޖެހިފައިވާ މީހެއް ކަމަށެވެ.

މިއާއި އެކު އައްބާސް ވިދާޅުވީ ރިޝްވަތުގެ ކިތަންމެ ދަޅައެއް ދެއްކިޔަސް،ބިރު ދެއްކިޔަސް ރައްޔިތުންގެ ހައްޤުތަކުގެ ވާހަކަތައް ދޫކޮށްލާފައި،ރައްޔިތުންގެ ވިންދާ އިހުސާސްތައް ދޫކޮށްލާފައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved