March 18, 2026
Advertisement
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ / ރައީސް އޮފިސް

2024 ވަނަ އަހަރުގައި އިންޑިއާގެ ބޮޑު ވަޒީރުކަމުގެ އިންތިޚާބުގެ ވޯޓުން މޯދީ ވައްކަން ކުރިކަން ފަޅާއަރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 10, 2025, 02:27 AM
މާލެ ސިޓީ

2024 ވަނަ އަހަރުގައި އިންޑިއާގެ ބޮޑު ވަޒީރުކަމުގެ އިންތިޚާބުގެ ވޯޓުން ނަރެންދްރަ މޯދީ ވައްކަން ކުރިކަން ފަޅާއަރައިފިއެވެ.

Advertisement

އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި މޯދީ ބޮޑު ވަޒީރުކަން ކަށަވަރު ކުރުމަށް ބޭނުންވަނީ 25 ވޯޓު ކަމަށްވާއިރު 1،000،250 ވޯޓުން މޯދީ ވަނީ ކޮރަޕްޝަން ހިންގާ އިންތިޚާބު ގަދަކަމުން ކާމިޔާބުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަން އާއި ގުޅިގެން މޯދީގެ ޕާޓީ ބީޖޭޕީއިން ހިންގާފައިވާ މި ޖަރީމާ އިދިކޮޅުން ހާމަކޮށްފައިވާއިރު 2024 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލި ފަރާތްތަކުގެ ލިސްޓް އާންމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ދެކޮޅު ހަދަމުން ކަމަށް އައިއެންސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ފޭކް އެޑްރެސްތަކުގައި 40،000 ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށް ވޯޓު އެޅިކަމަށް އިދިކޮޅުން ހާމަކޮށްފައިވާއިރު އެއްފަހަރަށް ވުރެ ގިނައިން އެތައް ހާސް ބަޔަކު ވަނީ ވޯޓު އަޅާފައެވެ.

ކޮރަޕްޝަން ހިންގައިގެން ބޮޑު ވަޒީރުކަމާއި ހަވާލުވުމުން މޯދީގެ އިސްތިއުފާއަށް ބީޖޭޕީގެ އިދިކޮޅު ފަރާތްތައް އަންނަނީ ގޮވަމުންނެވެ.

2018 ވަނަ އަހަރުގެ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިކުރުމަށް އިދިކޮޅު އެމްޑީޕީ އިން އިންޑިއާގެ އެހީ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާއިރު މޯދީގެ މި ކޮރަޕްޝަން މައްސަލައާއި ގުޅިގެން ރާއްޖޭގެ އިންތިޚާބުގައިވެސް ވޯޓުން ޖަރީމާ ހިންގާފައިވާކަމަށް ބެލުމުގެ ޖާގަ ތަނަވަސްވެގެން ދެއެވެ.

މުސްލިމުން މަރަން ގޮވާލަމުންދާ މޯދީއަކީ ގަދަ ބާރުން ވެރިކަމާއި ހަވާލުވެގެން ހުރި މީހެއްކަން އެގި ހުރެ މިފަދަ މީހެއްގެ ސަރުކާރާއި އެކު ރާއްޖޭގެ ސަރުކާރުން އެއްބަސްވުންތަކުގައި ސޮއިކޮށް މިގައުމު އިތުރަށް ދަރަނިވެރިކުރަމުން ދިޔުމަކީ ސަރުކާރުގެ ނާގާބިލުކަމާއި އިންޑިއާގެ އަޅުވެތިކަމުގައި ރާއްޖެ އޮތް މިންވަރު ހާމަވެގެންދާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved