April 17, 2026
Advertisement
މޯދިއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން
މޯދިއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން / ސީ.އެން.އެން

އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ގޮވަމުން ދަނީ ހަގީގީ ވޯޓާސް ލިސްޓް އާންމުކުރުމަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 02:34 AM
މާލެ ސިޓީ

މޯދީ ސަރުކާރުން 2024 ވަނަ އަހަރުގެ ބޮޑު ވަޒީރުކަމުގެ އިންތިޚާބުގައި ވޯޓްއިން ވައްކަން ކޮށްފައިވާ މައްސަލާގައި އިންޑިއާގެ ގިނަ އަދަދެއްގެ ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަ އިރު ހަގީގީ ވޯޓާސް ލިސްޓް އާންމުކުރުމަށް މި ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި ގޮވަމުންނެވެ.

Advertisement

އެއް ލައްކައަށް ވުރެ ގިނަ ވޯޓުން މޯދީ ވައްކަންކޮށް އިންތިޚާބު ކޮށްފައިވާ އިރު ބީޖޭޕީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މިއަދު އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރުމަށް ކުރި މަސައްކަތުގައި އިންޑިއާގެ ކޯލިޝަންއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުން ވަނީ ހުއްޓުވާ ހައްޔަރަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މުޒާހަރާގެ ބައިވެރިން މޯދީއާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުން އަންނައިރު މި މުޒާހަރާއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ޑިމޮކްރަސީ އާއި ގާނޫނު އަސާސީ އިން ބަޔާންކުރާ "އެއް މީހަކު، އެއް ވޯޓެއް" ގެ އުސޫލް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެއެވެ.

އަދި މި މައްސަލަ ގާނޫނާއި އުސޫލުތަކުގެ މަތިން ބަލާ ފިޔަވަޅު ނާޅާ ހިނދެއްގައި މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

މޯދީއާއި ދެކޮޅަށް މުޒާހަރާ ކުރާ ބައިވެރިން ހުއްޓުވުމަށް ފުލުހުންގެ ބާރު ބޭނުންކޮށްގެން އަނިޔާވެރި ގޮތެއްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަންވެސް އާންމުވަމުންދާ ވީޑިއޯތަކުން ފާހަގަކުރެވެއެވެ.

ވޯޓުން ވައްކަން ކޮށް މޯދީ ބޮޑު ވަޒީރުކަމުގައި ހުންނަވާ އިންޑިއާގެ ރައްޔިތުންނަށް ވަކިން ޚާއްސަކޮށް މުސްލިމުންނަށް ދުއްތުރާކޮށް އެތަކެއް އަނިޔާތަކެއް ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved