March 18, 2026
Advertisement
ކުއްޖަކު ޒަހަރު ފެން ބުއިމުން ހޮޑުލެވެނީ-
ކުއްޖަކު ޒަހަރު ފެން ބުއިމުން ހޮޑުލެވެނީ- / އިންޑިޕެންޑެންޓް

މޯދީގެ ގުންޑާއިން އިންޑިޔާގެ ސުކޫލެެއްގެ ފެން ތާނގިއަކަށް ޒަހަރު އަޅައިފި

Aug 14, 2025, 09:31 PM

އިންޑިއާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ ސްޓޭޓް ސްކޫލެއްގެ ގިނަ ކުދިންތަކެއް ތަޣައްޔަރުވެފައިވާ ފެން ބުއިމުގެ ސަބަބުން ބަލިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސްޓޭޓްގެ ބެލަގަވީ ޑިސްޓްރިކްޓްގައި ހިންދޫ ކަނާތު ފިޔައިގެ ޖަމާއަތެއް ކަމަށްވާ ސްރީރާމް ސެނެގެ ލޯކަލް ލީޑަރު ހިމެނޭ ގޮތަށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

މުސްލިމް ޕްރިންސިޕަލް ބަދަލު ކުރަން މަޖުބޫރު ކުރުމުގެ ގޮތުން ހުލިކައްޓީ އަވަށުގައި ހުންނަ ސްކޫލްގެ ފެން ޓޭންކަށް މޯދީގެ ގުންޑާއިން ވަނީ ވިހަ ދީފައި ކަމަށް ބެލަގަވީ ޕޮލިސް ސުޕްރިންޓެންޑެންޓް ބީމާޝަންކަރު އެސް ގުލެޑް ވިދާޅުވި އެވެ.

އޭނާ ބުނީ ސްރީރާމް ސެނޭގެ ލީޑަރު ސާގަރ ޕާޓިލް އާއި ތުހުމަތު ކުރެވޭ އެހެން ކުށްވެރިއެއް ކަމަށްވާ ނަގަންގޫޑާ ޕާޓިލް ވަނީ އޭނާގެ ދީނީ ގުޅުންތަކާ ގުޅިގެން ކްރިޝްނާ މަދާރު ކިޔާ ލޯކަލް ރައްޔިތަކަށް ބްލެކްމެއިލްކޮށް ސްކޫލްގެ ފެން ސަޕްލައިއަށް ވިހަ ދިނުމަށް މަޖުބޫރުކޮށްފައިކަމަށެވެ.

މޯދީގެ އަނިޔާވެރި ސަރުކާރުން އިންޑިޔާގައި ވެސް މިފަދަ ކަންކަން ކުރުމުގެ ސަބަބުން އެއްވެސް ކުށެއް ނެތް ކުދިންތަކެއްގެ ފުރާނަ ނުރައްކަލަށް މިވަނީ ހުށަހަޅާފައެވެ.

މޯދީގެ ސަރުކާރާ ދެކޮޅަށް އިންޑިޔާގައި އަންނަނީ ގިނަ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved