

ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމުގެ ވެރިކަމަށް އައީ ކިހިނެއްކަން ނިކަން ރަގަޅަށް މި ގައުމުގެ ރައްޔިތުންނަށް އެނގެއެވެ. އެމަނިކުފާނާ އަރިސް ބޭފުޅުން ކަނޑިކި ބުރި ހަނދާން ނެތި ކުއްޅަވަށްފަލު ރަނިންނަށް ވިޔަސް މި ގައުމުގެ ރައްޔިތުން އެކަންކަން ނުހަނު ގާތުން ތިބީ ބަލަންށެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ކުރިމަތިލެވޭނެ ހުރިހާ ދޮރެއް، ދުރުގައި ހުރެ ބަންދުކުރުވުމަށް ފަހު ޑރ މުއިއްޒު ވެރިކަމަށް އައުމަށް ދަނޑު ކޮށީ ރައީސް ޔާމީންގެ ކަތިވަޅިންނެވެ. އެމަނިކުފާނުގެ އާލާތްތަކުން ދަނޑަށް ފެންދީ އާރޯކުރީ ހަގީގީ ޑަރޯގާއަށް އަނިޔާދީ ޖަލުގައި ބާއްވާ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.
އެގޮތުން ރައީސް ޔާމީން ނުހައްގުން ޖަލުގައި ބަހައްޓާ، އެކަމުގެ ނާޖާއިޒު ފާއިދާ ނެގީ އެމްޑީޕީއިން އެކަންޏޭ މިހާރު ބުނަން ދައްޗެވެ. ކެޔޮ ކޭ ވަރު އެނގޭނީ ބިތު ފަންގި ނެގީމައޭ ބުނާ އުސޫލުން ކަންކަން ނިއުޅި ހާމަވަމުން ދާ މިންވަރަށް ބަލާއިރު އެކަމުގެ ފައިދާ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގައި ތިބި މީހުންވެސް ނެގި ގޮތް މަދެއް އަދި ކުޑައެއް ވެސް ނޫނޭ ބުނަން މިއަދު މަޖްބޫރުވެއެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީގެ ފުރުސަތު ގެއްލުވާލުމަށް އެންމެ ބޮޑު ރޯލެއް އަދާކުރި މެދުވެރިޔާ، ފަނޑިޔާރު ސަލީމުއަށް މިއަދު ދީފައި ހުރި އިނާމުން ވެސް އެކަން ނުހަނު ރަގަޅަށް ހާމަވެއެވެ.
ކޮންމެ އަކަސް ރައީސް ޔާމީންގެ ނަންފުޅާ ހުސް ގޮނޑިއަދި އެމަނިކުފާނުގެ ޕާޓީގެ މެނިފެސްޓޯވެސް ހިފައިގެން ނުކުމެ ދިވެހިންގެ ހިތްތަށް މުއިއްޒު ފަތަހަ ކުރީ ހިޔަޅުވެރި ރޭވުމެއްގެ ތެރެއިންނެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އެމަނިކުފާނު ހުންނެވި ދުވަސްވަރުން ފެށިގެންވެސް އެމަނިކުފާނުގެ ކޮރަޕްޝަންގެ ވާހަކަތަކަކީ ރަށު ތެރޭގައި އެންމެ ދައްކާ ބޮޑު ސިއްރެކެވެ. މާލޭގެ ޕާކިން ޒޯނުތައް ނަހަމ ގޮތުގައި ވިއްކާ ހެދި ޑީލުތަކުގެ ވާހަކައަކީ ގޭގެ ސިޓިން ރުމުން ފެށިގެން ގޮސް ރަށް ރަށުގެ ހޮޅުއަށިތަކުގައިވެސް ދައްކާ ކަންފަތަށް ފަރިތަ ވާހަކައެކެވެ. މިނޫނަސް ނަހަމަ ގޮތުގައި އެކި އެކި ކަންކަން ހިންގާ އޭގެން ލިބޭ މަންފާއިން މުއިއްޒަށް ބައި އެޅޭ ވާހަކައަކީ ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ.
މުއިއްޒަކީ އިސްތަށްޓެްއްގެ މިންވަރުވެސް ފައިސާގެ ޑީލަކާ ނުލާ ނިންމާނެ ބޭފުޅެއް ނޫންކަން އަރިހުގައި އުޅުއްވާ އަދި އެކމުގައި މަސައްކަތްކުރި ގިނަ ބަޔަކު ދަނެއެވެ. ނަމަވެސް އެމީހުންވެސް އެ ވާހަކަތައް ނުދައްކަނީ އޭގެ ކޮޅުދާލިކޮޅެއް ނަމަހީވެސް އެމިހުންނަށް ވެސް ލިބޭތީއެވެ. މިކަންކަން މިއީ މި ޗެނަލްގައި މަސައްކަތްކުރާ ގިނަ މުވަްޒަފުންނަސް އނެގޭނެ ހަގީގަތެއްކަން ޚުދު މުއިއްޒުވެސް ދަންނާނެއެވެ.
މިހެން މިކަން އޮތްއިރު ވައްކަމާ ކޮރަޕްޝަނަށް މަގު ފަހި ނުކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން މިހާރު ގެންދަނީ އިބިލީހަށްވެސް އޮޅޭ ވަރަށް ދޮގު ހަދަމުން ވައްކަން މެކުހަށް ޖައްސަވަމުންނެވެ. ސަރުކާރުގެ ކުންފުނިތަކުން ކޮންމެ މަހަކުވެސް ވަކި ވަރެއް މުލިއާގެ މަހުގެ 15 ގެ ކުރިން ގެންދަން އަންގާފައި އޮންނައިރު، ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކުރާ ޕްރޮޖެކްޓުތަކުގެ ވެސް ބައިކުޅަ ބައި އެމަނިކުފާނަށް ލިޞޭ ގޮތަށް މެނުވީ ފައިނަލްކޮށް ނުނިންމައެވެ. ސަރުކާރުގެ ޕްރޮކިއުމަންޓުތަކުގައި ތިބި މީހުންނަށް މިއީ ހަގީގަތެއް ނިކަން ރަގަޅަށް އެނގޭނެއެވެ.
ސަރުކާރު ކުންފުނިތަކުގެ އެމްޑީއިންނަށް ކުރިން ތިބި ގިނަ ބަޔަކު މަގާމުތަކުން ވަކިކޮށް ތިމަންނާއަކީ ކޮރަޕްޝަނާ ދެކޮޅަސް މަސައކްަތްކުރާ ހީރޯއެއްކަމަށް ދައްކާ މެޑަލް ޖެހި ނަމަވެސް އެއިން މީހެއް މައްސަލަބަލާ ދައުވާ އަކާ ހަމައަކަށް ނުގޮސްގެން އުޅޭ އުޅުމުންވެސް ރައީސް މުއިއްޒަށް އެކަމުް ކުރީ ނަފާ ނިކަން ރަގަޅަށް ލަފާކުރަން އެނގެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ހަގީގީ މަސައްކަތްކުރާ ނަމަ މިހާރު އެވެރިން ހިންގި ކޮރަޕްޝަނާ ބާރަށި މައިކަށް ނުގަވާއިދުން ދީފައިވާ ޕްރޮޖެކުޓުތަކާ އަދި ފައިސާތަކުގެ މައްސަލަވެސް ބަލާ ފިޔަވަޅު ހުންނަން ވާނީ އެޅިފައި ނޫންތޯއެވެ. އަޅެ މިކަމުގައި ތިޔަ ބޭފުޅުން ވިދާޅުވާނީ ކީކޭތޯއެވެ؟
ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ނުހަނު ނިކަމެތި ހާލުގައި ތިބިއިރުވެސް މުއިއްޒު ވައްލަވަނީ އިންސާ ފަތާ ދޭތެރެއިން ވެސް އެމަނިކުފާނުގެ ޖީބަށް ރާހަތެއްކުރާނެ ކަމެއް ލިބޭތޯއެވެ.
ގައުމަށް ނުހަނު ފައިދާ ކުރުވަނިވި ޕްރޮޖެކްޓުތަކެއް ހިންގަވާ ފަސް އަހަރުން މި ގައުމު ތަރައްގީގެ އުސް ހަރުފަތްތަކަށް ގެންގޮސް ދެއްވި ހަގީގީ ލީޑަރެއްގެ ދައްކައިގެން ރައްޔިތުންނަށް އަވާ މެންދުރު ދައްކާ ވެރިކަމަށް ވަޑައިގެން ގެންދަވަނީ މުޅިންވެސް އަމިއްލަ ޖީބަށްފައިދާވާ ފައިސާގެ ޑީލުތައް ހަދަމުންނެވެ. މިއީ މިއަދު ގައުމުގެ ހާލަތެވެ.