March 21, 2026
Advertisement
ވޭކް އަޕްގެ ނަމުގައި މި މަހު 21 ގައި ބޮޑު ޖަލްސާ
ވޭކް އަޕްގެ ނަމުގައި މި މަހު 21 ގައި ބޮޑު ޖަލްސާ / ތޭރަ އޮންލައިން

ޕީއެންއެފުގެ ފުރަތަމަ ބޮޑު ހަރަކާތް، މި މަހު 21 ގައި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 16, 2025, 11:00 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން އިސްނަގައިގެން ކުރިއަށް ގެންދާ ފުރަތަމަ ބޮޑު ހަރަކާތް، މި މަހު 21 ގައި ބާއްވަން ނިންމައިފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވމުގައި އެ ޕާޓީގެ ރައީސް ޒޭން އަބްދުﷲ ޔާމީންއެވެ. އެމަނިކުފާނު ހާމަކުރި ގޮތުގައި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާ މިއީ ގައުމީ ހަރަކާތެއް ކަމަށެވެ.

ޒޭން ވިދާޅުވި ގޮތުގައި ރާއްޖެގެ ހުރިހާ ހިސާބެއްގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ވެސް މި ޖަލްސާއަށް ދައުވަތު ދެއްވާ ކަމަށެވެ. ޖަލްސާ އޮންނާނީ މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ (21 އޮގަސްޓު 2025)ގެ 20:30 ގައެވެ. ޖަލްސާ ބާއްވަނީ ހޭލާ، ނުވަތަ "ވޭކް އަޕް"ގެ ނަމުގައެވެ. ޒޭން ވިދާޅުވީ މިއީ ދޭ ވޭކް އަޕް ކޯލެއް ކަމަށާ ސިލްސިލާ ކުރިއަށް ދާނެ ކަމަށެވެ. ޖަލްސާ އޮންނާނީ މާލެ ސިޓީގެ އާޓިފިޝަލް ބީޗުގައެވެ.

ޒޭން ވިދާޅުވީ ގައުމު އަނެއްކާވެސް އަނދިރި ކަޅު ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު މިހާރު ގައުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލުމުން ވެސް ފެންނަން އޮތް ކަމަށާ އެހެންކަމުން މި ޖަލްސާގައި ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވެ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ކަމަށެވެ.

ޖަލްސާއަށް ވަޑައިގެންނެވުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރުގެ އިންތިޒާމު ވަނީ ހަމަޖެހިފައި ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ. ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved